އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ 800 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އަޙްމަދު ހަސަން އޭނާގެ އަމިއްލަ ރެކޯޑް މިރޭ އާކޮށްފި އެވެ.
އިންޑޮނީޝިޔާގައި މިހާރު ކުރިއަށްދާ މުބާރާތުގެ މިއަދުގެ ތިން ވަނަ ހީޓުގައި ވާދަކޮށް އޭނާ ރޭސް ނިންމީ އެއް މިނިޓް 59.04 ސިކުންތުންންވެ. މި ދުވުމުގައި ވާދަކުރި ދުވުންތެރިންގެ ތެރެއިން އޭނާ ދިޔައީ ހަތް ވަނަ އަށެވެ.
އަހުމަދު ހަސަން ވަނީ މިދިޔަ ޖުލައި މަހު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 800 މީޓަރުގައި ވާދަކޮށް ދެ މިނިޓް 01.08ސިކުންތުން ރޭސް ނިންމައިފަ އެވެ. އަދި މި މަހު މެދުތެރޭގައި ލަންކާގައި ބޭއްވި މުބާރާތުގައި އޭނާ މި ރޭސް ނިންމީ ދެ މިނިޓް 01.01ސިކުންތުންނެވެ.
އަށްސަތޭކަ މީޓަރުގައި ވާދަކުރި ރާއްޖޭގެ ޝިފާޒް މުހައްމަދު މިއަދު ރޭސް ނިންމީ ދެ މިނިޓް 00.77ސިކުންތުންނެވެ. މިއީ މި އަހަރު އޭނާ މި ރޭސްނިންމި އެންމެ އަވަސްމިނެވެ. އޭނާ
ޝިފާޒްގެ ދުވުމުގެ ނަތީޖާތަކަކަށް ބަލާއިރު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ދުވެފައިވަނީ ދެ މިނިޓް 02.91 ސިކުންތުންނެވެ.
އިސްލާމިކް ސޮލިޑިއަރިޓީ ގޭމްސްގައި ރާއްޖޭގެ އެތްލީޓުން ދެން ވާދަކުރާނީ ފިރިހެނުންގެ 1500 މީޓަރުގަ އެވެ. މުބާރާތުގެ އަންހެން ބައިގައި ރާއްޖެއިން ވާދަކުރަން ހޮވުނު އަފާ އިސްމާއީލް އެންމެ ފަހު ވަގުތު މުބާރާތަށް ދުނިޔައީ ހުން އައުމުގެ ސަބަބުންނެވެ.
މި މުބާރާތުގައި ރާއްޖެ ބައިވެރިވީ ފެތުމާއި ދުވުން އަދި ބެޑްމިންޓަނުގަ އެވެ.
އަހުމަދު ހަސަން އަމިއްލަ ރެކޯޑް އާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ