ފަރަންސޭސި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށް އެބަދޭ

ޕެރިސް (4 މޭ) – ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަމާންކަމާއެކު ކުރިއަށް އެބަދެއެވެ.
ފަހުގެ ތާރީހެއްގައި ފެނިގެންގޮސްފައިވާ، ފަރަންސޭސިވިލާތުގެ އެންމެ ވާދަވެރި އިންތިހާބުގެ ގޮތުގައި ބައިނަލްއަގުވާމީ މީޑިއާތަކުން ސިފަކުރަމުންދާ މިއިންތިހާބުގައި ވާދަކުރަށްވަމުންދަނީ ފަރަންސޭސިވިލާތުގެ މިހާރުގެ ރައީސް ނިކޮލަސް ސަކޯޒީއާއި، އިދިކޮޅު ކެންޑިޑޭޓް ފުރެންކޮއިސް ހޮލާންޑެވެ.
އިންތިހާބުގެ ދެވަނަ ބުރުގައިވެސް ގިނަ އަދަދެއްގެ އާއްމުން ނުކުމެ، ވޯޓުލަމުންދާ ކަމަށް ފަރަންސޭސިވިލާތުގެ އިންތިހާބީ ކޮމިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ