އުސްފަސްގަނޑު ނެގުމާ ގުޅިގެން ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި) އާއެކު 22 މީހަކު ކޯޓުން ލައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އިއްޔެ އާއި ރޭ ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެތެރެއިން 23 މީހުން ދޫކޮށްލާފައިވަނީ ކޯޓުން ވަރަށް ހަވީރު ވަގުތެއްގައި ކަމަށެވެ. ކޯޓުން ދޫކޮށްލި މީހުންގެ ތެރޭގައި އިންތިގެ އިތުރުން ސިޓީ ކައުންސިލުގެ މެމްބަރ ލުކްޝަން ޝަހީބު ހިމެނިވަޑައިގަންނަވާކަމަށް ފުލުހުން ބުނެއެވެ.
"މުއްދަތުގެ މައްސަލަ ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުން ދޫކޮށްލީ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ހެނދުނު ފުލުހުން އުސްފަސްގަނޑަށް އެރުމާގުޅިގެން ހިތްހަމަނުޖެހުންފާޅުކުރުމަށް އެއްވި މީހުންގެ ތެރެއިން 58 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނެވެ.
އިންތި ހައްޔަރުކޮށްފައިވަނީ ޓްރެކް ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށެވެ. އޭނާ ހައްޔަރުކުރިކަމަށް ވަނީ ތަކުރާރުކޮށް ނަސޭހަތްދީގެންވެސް އެ ސަރަހައްދު ދޫކޮށްނުދިއުމުންކަމަށް ވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން މެމްބަރ އިންތިއާއެކު 22 މީހަކު ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ