އިގްތިސޯދު ދަމަހައްޓަން އެނގޭނަމަ ކަނޑުފަތި އަޅައި ނުދެވިގެން ނޫޅޭނެ: ގާސިމް

އިގުތިސާދު ދަމަހައްޓަން އެނގޭ ބަޔަކު ތިބި ނަމަ މަސްވެރިންނަށް ކަނޑުފަތި އަޅާ ނުދެވިގެން މިއަދު ނޫޅޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ، ބަޖެޓް ނެތުމުން ކަނދުފަތި އަޅައި ނުދެވޭނެ ކަމަށް ފިޝަރީޒު މިނިސްޓްރީން ބުނެފައިވާއިރު މިއަދު ދިވެހި މަސްވެރިން ތިބީ އެކަމަށް ނުހަނު ބޭނުންވެފައި ކަމަށެވެ.
ގާސިމް ވިދާޅުވީ ބޮއި އަޅައިގެން ކައިރި ހިސާބުތަކުން މަސްބޭނޭނެ ފަސޭހަ ގޮތްތައް އޮންނަނަމަ ދުރަށް ގޮސް މަސް ހޯދަން މަސްވެރިންނަށް ނުޖެހޭނެ ކަމަށާއި މިއަދު މިފަދަ ގިނަ ކަންކަން ދިވެހި މަސްވެރިންނަށް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމުހޫރީ ޕާޓީން އެކުލަވާލައި މެނިފެސްޓޯގައި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްގެ ވާހަކަ ހިމަނާނެ ކަމަށާއި އެ މެނިފެސްޓޯގައި ހިފައިފިނަމަ ރައްޔިތުން ނިކަމެތިވެގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ފުދިފައި ހުންނެވި ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ގިނަ ކަންކަން ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ