ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދޫކޮށްލުމަށް ނާއިބު ރައީސް ގޮވާލައްވައިފި

ނާއިބު ރައީސްއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަމަށެވެ. އަދި މި ހައްޔަރަކީ ވަރަށް ގޯސް ފެށުމެއް ކަމަށެވެ. އޭޕީ އިން ބުނެފައި ވަނީ އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ވެސް އަމުރުކޮށްފައި ވާއިރު އެ އަމުރަށް ތަބާ ނުވުމުން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާ ކަމަށާއި ނާއިބު ރައީސް މި މޭރުމުން ވާހަކަ ދެއްކެވުމުން މި މައްސަލާގައި ސަރުކާރު ތެރޭ ހިޔާލު ތަފާތުވުންތައް އުޅޭ ކަމަށް ވެސް ބެލެވޭ ކަމަށެވެ. ބޭރުގެ ބައެއް މީޑިއާތަކުން ނާއިބު ރައީސާ ހަވާލާދީ ބުނީ އެމަނިކުފާނާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ޝަރުއީ ދާއިރާގެ ކަންކަމުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާ އެކު އަދިވެސް މަސައްކަތް ކުރެއްވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އަބްދުﷲ ގާޒީއާ މެދު އެކި ތުހުމަތުތައް ކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން އެކާ ދެކޮޅު ހަދާފައި ވާއިރު ނާއިބު ރައީސް ރޭ ވަނީ އުއްތަމަ ފަނޑިޔާރުގެ އަމުރުތަކަށް ކިޔަމަން ވާން ޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަ ވެސް ދައްކަވައިފަ އެވެ. ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވެފައި ވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްވެރިއަކީ
އުއްތަމަ ފަނޑިޔާރު ކަމަށާއި އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ނިންމުން
ތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ގަދަރު
ކަނޑުވާލުކަމީ އަދުލު އިންސާފުގެ ބިންގާ ފުނޑުފުނޑު ކޮށްލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ