ޕީޕީއެމްގެ އަހަރީދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވަން ރައީސް މައުމޫން ނިންމަވައިފި

ޕީޕީއެމްގެ އަހަރީދުވަސް ފާހަގަކުރުމަށް އާއްމު ޖަލްސާއެއް މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
މިކަމާއިގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ “ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެރޭ އާއްމު ޖަލްސާއެއް ބާއްވަން ނިންމާފައިވާކަމަށެވެ.”
ރައީސް މައުމޫން ވިދާޅުވެފައިވަނީ މި ޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެމްބަރުންނަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އެއްމެ ފުރަތަމަ ގައުމު ކަމަށެވެ.
ޕީޕީއެމްގެ އަހަރީ ދުވަހާއި ގުޅިގެން އާއްމު ޖަލްސާއެއް ބޭއްވުމަށް ރައީސް މައުމޫން ނިންމާފައިވާއިރު ޕީޕީއެމްގެ އަހަރީ ދުވަހަކީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ