ގޮނޑި ހުސްވެފައިވަނީ އީސީ މެންބަރުންގެ: އެމްޕީ އަބްދުﷲ

ގޮނޑި ގެއްލިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ނޫން ކަމަށާއި އިލެކްޝަން ކޮމިޝަނުންގެ މެންބަރުންގެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.
ގޮނޑި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އިލެކްޝަން ކޮމިޝަނުން މަނާކޮށް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާތީ އެކަމަށް ފާޑުވިދާޅުވެ މެންބަރު އަބްދުﷲ މިއަދު ވިދާޅުވީ، ކަޅާއި ހުދުން އޮތް ސުޕްރީމް ކޯޓުގެ ހުކުމް އިލެކްޝަން ކޮމިޝަށް ސާފުނުވުމަކީ އެ ކޮމިޝަންގެ މެންބަރުންގެ މުސްތަގިއްލުކަން ގެއްލިފައިވާ ކަމެއް ކަމަށެވެ.
"އެހެންކަމުން އީސީގެ މެންބަރުންގެ ގޮނޑިތައް ވަނީ ހުސްވެފައި،" ސަރުކާރަށް ކުރާ ތާއިދު ގެންދަވާފައިވާ މެންބަރު އަބްދުﷲ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާ (ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ޕާޓީތަކުން އަޅާ ސުލޫކީ ފިޔަވަޅެއްފެ ސަބަބުން ގޮނޑި ނުގެއްލޭނެ ކަމަށް ބުނާ މާއްދާ) ބާތިލުކޮށްފައިނުވުން މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ވެސް ގާނޫނުގެ މާއްދާގެ ފޮޓޯއެއް ޓްވީޓްކޮށް މެންބަރު ވަނީ ވިދާޅުވެފަ އެވެ.
މެންބަރު އަބްދުﷲ ޓްވީޓް
މެންބަރު އަބްދުﷲ ޓްވީޓްކުރައްވާ ފޮޓޯގައިވާ ލިޔުމުގައި ބުނެފައިވަނީ، ގާނޫނުގެ މާއްދާއެއް އުވާނުލާނަމަ ތަންފީޒުކުރާ ފަރާތްތަކުން އެ މާއްދާއަށް ތަބާވާންޖެހޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ރޭ ދިން ޖަވާބު ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މާނަކޮށްފައި ވަނީ ތަފާތު ދެގޮތަކަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ގޮނޑިި ނުގެއްލޭ ކަން ޖަވާބުން އެނގޭ ކަމަށެވެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަވާބުން ދޭހަވަނީ ގޮނޑި ގެއްލުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ