ޖާވިދުގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ) ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ
ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު ޖާވިދުގެ ބަންދަށް ދަށު ކޯޓުން 15 ދުވަސް ދިނުމުން އޭނާ ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުން މައްސަލަ ނިންމީ އޭނާއާ ދެކޮޅަށެވެ.ޖާވިދުގެ ބަންދަށް މި މަހު 4 ގައި ކްރިމިނަލް ކޯޓުން ދިން 15 ދުވަސް މި ހަފްތާ ތެރޭގައި ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ