ގާސިމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫއިން ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅިގެން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގާސިމްގެ ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގާސިމް އިބްރާހީމް ހައްޔަރު ކުރުމުން އެ ޖަމްއީއްޔާއިން ވަރަށް ކަންބޮޑުވާ ކަމަށެވެ.
އެގޮތުން އައިޕީޔޫގެ ޓްވީޓްގައި ބުނެފައި ވަނީ ގާސިމް ހައްޔަރު ކޮށްފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަން ކަށަވަރު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
IPU very concerned over arrest of opposition MP Qasim. Urges Maldives authorities to see to due process & rule of law. Monitoring situation.
ހަމައެހެންމެ ގާސިމް ބަންދާ ގުޅިގެން ކުރާ ހުރިހާ ކަމެއް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އުސޫލްތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އައިޕީޔޫއިން ވަނީ ގޮވާލާފައެވެ. އަދި ގާސިމް ހައްޔަރު ކުރުމުގެ މައްސަލަ އައިޕީޔޫއިން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ ޖަމްއީއްޔާގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ގާސިމް ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ވަނީ ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ