ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ޕޮލިހަށް ހާޒިރު ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމްއިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފިއެވެ
ގާސިމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްފައި ވަނީ މިއަދު ހަވީރު 4:00 އެހާކަށްހާއިރުއެވެ.
މީގެކުރިން ވެސް ގާސިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައިވެއެވެ،
އިދިކޮޅު ފަރާތްތައް އެއް ގަލަކަށް އަރައި މަސައްކަތް ފެށުމާއެކު ގާސިމް އިބްރާހިމް މީގެ ކުރިން ވެސް ޕޮލިހަށް ހާޒިރުކޮށްފައިވެ އެވެ. އެ ފަހަރު ގާސިމް ޕޮލިހަށް ހާޒިރުކުރީ ރިޝްވަތުގެ މައްސަލައިގަ އެވެ. 
މިކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވީ ރިޝްވަތުދެއްވުމަށް ނޫންކަމަށާއި، އެއީ އިތުރު ދައުރަކަށް އެ މެމްބަރުން އިންތިހާބުކުރުމަށް ޕާޓީގެ ތެރެއިން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ވާހަކަ ކަމަށެވެ.
އަދި އެއީ އަމިއްލަ ޕާޓީގެ މެމްބަރުންނަށް ވިދާޅުވި ވާހަކައެއް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.
ނަމަވެސް މިފަހަރު ގާސިމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ ކޮންސަބަބަކާ ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި ހާޒިރު ކުރާ ސަބަބު ފުލުހުން ވެސް ގާސިމް އަށް އަންގާފައެއް ނުވެއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ