ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތުގެ 1ވަނަ ދަރިވަރަށް އުމްރާ ދަތުރެއް

ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށީދޫ ދާއިރާގެ ދެރަށް ކަމުގައިވާ ކާށީދޫ އަދި ގާފަރުގައި ކުރިޔަށް ގެންދިޔަ ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތް 2017 ނިމި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުންދީފި އެވެ.
ޝަހީދް އާދަމް ހަލީމްގެ ހަނދާނުގައި ކާށިދޫ ދާއިރާގެ، ގާފަރާއި ކާށިދޫގައި ކުރިއަށްގެންދިއަ މި މުބާރާތުން މިއަހަރު މުޅި މުބާރާތުން 1 ވަނަ، ހޯދީ ކ.ގާފަރު ވޭވުސް އާމިނަތު ނުއާޝާ އެވެ. މުބާރާތުން އެއްވަނަ ހޯދުމާއި ގުޅިގެން، ފައިސަލް ފައިސަލް ފައުންޑޭޝަން އިންދެއްވާ އުމްރާ ދަތުރާއި އަދި ޓްރޮފީ އާއި ސަރޓިފިކޭޓް ނުއާސާ އާއި ހަވާލުކޮށްދެއްވީ މި މުބާރާތުގެ ޝަރަފްވެރި މެހެމާން ކުރީގެ ވަޒީރު މުހައްމަދު މުސްތަފާ ހުސައިން އެވެ.
މުޅި މުބާރާތުން 2 ވަނައަށް ހޮވުނީ، ކާށިދޫ ފާގަތިޝެޒާ ސާޖިދު ސަމީރު އެވެ.ދެވަނައަށް ހޮވުނު ދަރިވަރަށް ފައިސަލް ފައިސަލް ފައުންޑޭޝަން އިންދޭ ޓްރޮފީ އާއި ސަރޓިފިކޭޓް އަދި ދަމާސް ފަރުނީޗާރ ގެ ފަރާތުން ދެއްވާ ބެޑްރޫމްސެޓް ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރަށް މި މުބާރާތުން 3 ވަނަ އަށް ހޮވުނު، ކ.ގާފަރު ރަތްބަގީޗާގެ އައިސަތު ސަހްފާއަށވެސް، ފައިސަލް ފައިސަލް ފައުންޑޭޝަން އިންދޭ ޓްރޮފީ އާއި ސަރޓިފިކޭޓް އަދި ސްޓެޓިކް ކޮމްޕެނީގެ ފަރާތުން ދެއްވާ 1200 ބީޓީޔޫ ގެ އޭއަރ ކޮންޑިޝަނެއް ވަނީ ހަދިޔާކޮށްފައެވެ.
މި މުބާރާތުގެ ކުރީ މުބާރާތްތަކުގައި ވާދަކޮށް 1ވަނަ ހާސިލްކޮށްފައިވާ ކުދިންގެ މެދުގައި ހޮވަމުން އަންނަ ތަރިންގެ ބައިން، މިއަހަރު އެއްވަނަ ހޯދީ ކ. ކާށިދޫ އައްސިދަ މަރްޔަމް އަރީން އީސާ އެވެ. ފައިސަލް ފައިސަލް ފައުންޑޭޝަނުން ވަނީ، އަރީން އަށް، ޓްރޮފީ އާއި ސަރޓިފިކޭޓް އަދި ސޮނީ ހާރޑްވެއާރ އިން ދެއްވާ 5000 ރުފިޔާގެ ގިފްޓް ވައުޗަރ ހަވާލުކޮށްފައެވެ.
ރައްޔިތުންގެހިތްތަކުގައި، ކީރިތި ޤުރާއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއް،،
މި މުބާރާތުން 1 ވަނަ އަށް އަންނަ ފަރާތަކަށް އުމްރާ ދަތުރެއް ފައިސަލް ފައުންޑޭޝަނުން އަންނަނީ ދެމުންނެވެ.
ޝަހީދް އާދަމް ހަލީމްގެ ހަނދާނުގައި ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށިދޫ ދާއިރާގައި މިމުބާރާތް ބާއްވަން ފަށާފައިވަނީ، ފައިސަލް ފައުންޑޭޝަންގެ ފައުންޑަރ، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ ކަމަށް ފައިސަލް ނަސީމް އެވެ. އެގޮތުން ގާފަރު ކާށިދޫ ދާއިރާއަށް ހުޅުވާލައިގެން މިހާތަނަށް 4 މުބާރާތް ވަނީ ބާއްވާފައި،،
ފައިސަލް ފައުންޑޭޝަނުން މިހާތަނަށް ވަނީ، ޤުރުއާން ކިޔެވުމުގެ 8 މުބާރަތެއް ވަނީ ބައްވާފައެވެ.
ކާށިދޫ ދާއިރާގެ އިތުރަށް ފައިސަލް ފައުންޑޭޝަންގެ ފަރާތުން އަންނަނީ، އެ ފައުންޑޭޝަންގެ ފައުންޑަރ ފައިސަލްނަސީމްގެ އުފަންރަށް ކަމުގައިވާ ފުވައްމުލަކުގައިވެސް މި މުބާރާތް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ