ވެލާނާ އެއާޕޯޓުން އެކުގައި ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކުގައި ކަރަންޓު ކެނޑިއްޖެ އެވެ.
މިރޭގެ 11:30 ހާއިރު އެއާޕޯޓުން އެކުގައި ކަރަންޓު ކެނޑުނު އިރު، ދެ ފްލައިޓެއް އޮތީ ފުރަން ތައްޔާރުވެފަ އެވެ. އެއީ ހޮންކޮންގް އެއާވޭސް އާއި ޓާކިޝް އެއާވޭސް އެވެ.
އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ އިރު، ބައިނަލްއަގުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ ދަތުރުތައް ވެސް އެބަ ކުރިއަށް ދެ އެވެ.
އެއާޕޯޓްގެ ބައިނަލްއަގުވާމީ ޓާމިނަލާއި އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޓާމިނަލްގައި ވެސް މި ވަގުތު ކަރަންޓު ނެތް އިރު، އެ ތަންތަނުގައި ހުރި އިމަޖެންސީ ލައިޓްތައް ފިޔަވައި އެހެން އެއްވެސް އަލިކަމެއް ނެތެވެ.
އެއާޕޯޓް ކޮމްޕެނީގެ ކަމާ ބެހޭ މުވައްޒަފަކާ ގުޅޭ ގޮތް ނުވުމުން، ކަރަންޓު ކެނޑުނީ ކީއްވެގެން ކަން އަދި ސާފުވާ ގޮތެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ