ލ.ދަނބިދޫ އަށް ވަގުތީ ގޮތުން ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.
ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ދަނބިދޫގައި ކަރަންޓު ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 100 ކިލޯވޯޓުގެ ޖަނަރޭޓަރާއި 160 ކިލޯވޯޓުގެ ޖަނަރޭޓަރަށް މިއަދު ދިމާވި މެކޭނިކަލް މައްސަލައަކާއި ގުޅިގެން އެރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އަދި ދަނބިދޫ އަށް ވަގުތީ ގޮތުން ކަރަންޓު ދިނުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންދާ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ދަނބިދޫ ރައްޔިތުންގެ ކިބައިން ފެނަކައިން ވަނީ މައާފަށް އެދިފައެވެ. އަދި ދަނބިދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާލުމާއި ރައްޔިތުންގެ ކެތްތެރިކަމަށް ފެނަކައިން ޝުކުރު އަދާކުރެއެވެ.
ދަނބިދޫ އަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ