ޤާސިމް އިބްރާހީމް މިނިވަންކުރީ ސިޔާސީ ހަރަކާތްތަކަށް "ތަޅުލާފަ" - ކުނޫޒުގަ ވެސް "ބޮޑުތަޅު"

ޖުމްހޫރީ ޕާޓީގެ ލީޑަރުނ ޤާސިމް އިބްރާހީމް މިއަދު މިނިވަންކޮށްފައިވަނީ ސިޔާސީ ހަރަކާތްތަކަށް ތަޅުލެވި އަދި ކުނޫޒުގައި ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ބޮޑުތަޅު ލެވޭ ގޮތަށެވެ.
7 ޝަރުޠެއް ކޮށްފައިވާއިރު އެއިގެތެރޭގައި ހުރި ފިތުނަފަސާދައާއި ގުޅިފައިވާ މާއްދާތަކާއިމެދު ކަންބޮޑުވެ ގިނަ ބައަކު ގެންދަނީ އަޑު އުފުލަމުންނެވެ.
ފިތުނަ ފަސާދައަކީ އެއިގައި މިން އެޅޭނެ އެއްޗެއް ނޫނެވެ. ސަރުކާރުން ކުރާ ކަމެއް ކުރި ކަމަށް ބުނުމަކީވެސް ފިތުނަ ފަސާދަކަމަށް މާނަކުރެވިދާނެއެވެ. ފިތުނަ ފަސާދަ އުފައްދަނީ ކޮން ބައެއްކަން އެނގޭނެ ލިސްޓަކަށް މިހާރު މިވަނީ ބޭނުންވެފައެވެ.
ސަރުކާރުން ބުނަމުން ގެންދަނީ އިދިކޮޅު ފަރާތްތަކުން ދައްކަނީ ފިތުނަ ފަސާދައިގެ ވާހަކަތައް ކަމަށެވެ. ނަމަވެސް ނިމިގެންދިއަ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުން އެނގުނީ ރައްޔިތުން އެކަން އެގޮތަށް ބަލައި ނުގަންނަކަމެވެ.
ފިތުނަ ފަސާދަ އުފައްދާ ބައަކާއި ބައްދަލު ނުކުރެއްވުމާއި އެފަދަ ވާހަކަތައް އެމަނިކުފާނުގެ އެއްވެސް ތަނެއްގައި ދެއްކިގެން ނުވާނެ ކަމަށް ޝަރުޠުކޮށްފައި ވުމުން ކުނޫޒުގައި ބާއްވަމުން ގެންދާ ޖަލްސާތައް ދެން ބޭއްވޭނެ ކަމަކަށް ނުބެލެވެއެވެ.
މީގެ އިތުރުން ބޭރުގެ ބައެއް ސަފީރުންނަކީވެސް ފިތުނަ ފަސާދަ އުފައްޝދަން އުޅޭ ބައެއްކަން ދޭހަވާގޮތަށް ސަރުކާރުގެ ބައެއް ވެރިން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރެއްވުމަށްވެސް ހުރަސްތަކެއް މިހާރު އެވަނީ ކުރިމަތިވެފައެވެ.
ޤާސިމަށް ކުރި 7 ޝަރުޠު:
1- ތަހުގީގަށް އެއްބާރުލުން ދިނުން
2- ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ ރާއްޖެއިން ބޭރަށް ނުދިއުން
3- މުޖުތަމައުތަރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވުން
4- މިމައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް، އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުން
5- މުޖުތަމައުތެރޭގައި ފިތުނަ ފަސާދައާ ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ނުދެއްކުން
6- މުޖުތަމައުތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދެއްކުމަށް ގާސިމް އިބްރާހީމްގެ ގޯތި ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރަން އެހެން މީސްމީހުންނަށް އެތަންތަން ނުދިނުން
7- ދައުލަތުގެ ތިންބާރާއި، ތިންބާރުގެ ވެރިންނާއި ބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭފަދަ ވާހަކަތައް ނުދެއްކުން .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ