ރައީސް ސޯލިހް އިއްޒުއްދީން ސްކޫލް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޒުއްދީން ސްކޫލް ހުޅުވައިދެއްވައިފިއެވެ.މާލެ އިންގްލިޝް ސްކޫލް ކުރިން ހިންގި އިމާރާތުގައި ޤާއިމްކޮށްފައިވާ މި ސްކޫލް ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީއެއްގައެވެ. އެމްއީއެސް ކުރިން ހިންގި އިމާރާތް މަރާމާތުކޮށް އާ ސްކޫލްގައި ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.ސަރުކާރުން މި ސްކޫލް އުފައްދާފައިވަނީ މާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށެވެ. މީގެ އިތުރަށްވެސް މާލޭގައި ސްކޫލްތަކެއް އަޅަން ޖެހޭ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑ.އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ