ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ވިލާ ގްރޫޕުން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ވިލާ ގްރޫޕުން މީރާ އަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި އެމަނިކުފާނަކީ ގަވާއިދުން މީރާ އަށް ފައިސާ ދައްކަމުން އަންނަ މީހެއް ކަމަށެވެ.
ވިލާ ގްރޫޕުން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހޯދުމަށް 30 ދުވަހުގެ ނޯޓިހެއް މީރާ އިން ވިލާ ގްރޫޕަށް ފޮނުވާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެކަމާ ބެހޭ ގޮތުން މީރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކިވަކި ފަރުދުންނާ ގުޅޭ މައުލޫމާތު އެ އިދާރާ އިން މީޑިއާ އަށް ހިއްސާނުކުރާ ކަމަށެވެ. އެހެންކަމުން ވިލާ ގްރޫޕަށް 30 ދުވަހުގެ ނޯޓިސް ފޮނުވިކަން ވެސް ނުވަތަ ނޫންކަން ވެސް ހާމަކުރެވެން ނެތް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަޅުގަނޑު މީރާ އަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ