ޔައުގޫބުގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ މައްސަލަ ކޯޓަށް ވެއްދީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އައްސަދު ޝަރީފެވެ. އޭނާގެ މައްސަލަ ކޯޓަށް ގެންދިޔައީ އެކައުންޓެންޓުންގެ އިންސްޓިޓިއުޓްގެ ކައުންސިލްގެ މަގާމަކާ ޔައުގޫބް ހަވާލުވެ ވަޑައިގަތުމުންނެވެ. ނަމަވެސް ފަހުން ޔައުގޫބު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޔައުގޫބު މެންބަރު ކަމުގައި ހުންނަވައިގެން ގަބޫލު ކުރެއްވި ވަޒީފާއަކީ މަޖިލީހުގެ މެންބަރުގައި ހުންނަވައިގެން އަދާ ނުކުރެއްވޭނެ ވަޒީފާއެއް ނޫން ކަމަށެވެ.
ޔައުގޫބަށް ރައްދުވި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ހުސްނުއްސުއޫދު އިންނަވާ ގޮތަށް އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ. ފަސް ފަނޑިޔާރުވެން ވެސް މި ނިންމެވުމަށް އިއްތިފާގުވެ ވަޑައިގަތެވެ.
އިތުރު ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ