މޫސުން ގޯސްވުމުން ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވުމާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
އެ އިދާރާއިން ބުނީ ހއ. ފެށިގެން ހުވަދު އަތޮޅަށް މިއަދު ގާތްގަނޑަކަށް ގަޑިއަކު 30 މޭލާ 38 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 11:15 އިން ހަވީރު 17:00 އަށް ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ކަނޑުތައް ގަދަވެ މޫސުން ގޯސްވާނެ ކަމަށެވެ.
މުސުން ގޯސްވި ނަމަވެސް އެތައް ބަޔަކު ދަނީ ކަނޑުދަތުރުތައް ކުރަމުންނެވެ. އަދި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ.
މުސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް ސިފައިންނާ ފުލުހުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ