ރޭ ކަސްޓަމް ސަރަޙައްދުން ފެނުނު އައިއީޑީއެއް ކަމަށް ޝައްކު ކުރެވުނު އެއްޗަކީ، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުމަށް އެތާނގައި ބާއްވާފައިވާ ފޭކު އެއްޗެއް ކަމަށް ހޯމް މިނިސްޓަރު އަދި ނޭޝަނަލް އިންކުއައިރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ކަސްޓަމް ސަރަހައްދުން ރޭ އައިއީޑީއެއްކަމަށް ޝައްކު ކުރެވުނު އެއްޗާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނެވެ.
އުމަރު ވިދާޅުވީ މިއީ ބަޔަކު ރާވައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުމަށް ކަސްޓަމްސް ސަރަހައްދުގައި ބާއްވާފައި އޮތް އެއްޗެއްކަމަށެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތައްވެސް އިންސާފްގެ ކުރިމައްޗަށް ގެންނާނެކަމުގެ އިންޒާރު މިނިސްޓަރު އުމަރު ވަނީ ދެއްވާފައެވެ.
ރޭ ކަސްޓަމް ސަރަޙައްދުން ފެނުނު އައިއީޑީއެއް ކަމަށް ޝައްކު ކުރެވުނު އެއްޗަކީ ފޭކް އެއްޗެއްކަަމަށް މިނިސްޓަރު އުމަރު ވިދާޅުވެފައިވާއިރު އިއްޔެ ހަވީރު ކާރެއްގެ ބޮނެޓް ތެރެއިން ފެނުނީވެސް ބޮމެއް ނޫން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ދޮންއަދަރާދަ ހިގުމުގައި އަމީނީ މަގު ކަންމައްޗަށްވާ ގޮތަށް އޮތް ހުދުކުލައިގެ ހަލާކުވެފައިވާ ކާރެއްގެ ބޮނެޓް ތެރެއިންފެނުނު އެއްޗާ ގުޅޭގޮތުން އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ އެކާރު ބަލާ ފާސްކުރީ ބޮމެއް ކަމަށް ބެލޭ އެޗެއް ކާރުގެ ތެރޭގައި އޮތުމުން ކަމަށާއި އެހެން ނަމަވެސް އެކަހަލަ އެއްޗެއް ކާރުގެ ތެރޭގައި ނެތްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
މުލިއާގެ ކައިރިން ގޮވާ އެއްޗެއް ފެނިގެން މިމަހުގެ ދެވަަނަ ދުވަހު ވެސް ސަލާމަތީ ބާރުތަކުން ވަނީ އެސަރަހައްދުގެ މަގުތައް ބަންދުކޮށް ހަރަކާތްތެރިވެފައެވެ. އަދި މާފަންނު ސްޓޭޑިއަމަށް އެއެއްޗެއް ގެންގޮސް އެރޭ ވަނީ އެތަނުގައި އޭތި ނުގޮވާ ގޮތް ހަދާފައެވެ.
މިއީ ރައީސް ޔާމީންގެ ފުރާނަފުޅަށް ނުރައްކާކުރިމަތިކުރުމަށް ބަޔަކު ހިންގަމުންދާ އަމަލްތަކުގެ ތެރެއިން ސީދާ ރައީސް ޔާމީން އަވަހަރާކޮށްލުމަށް ރާވައިގެން ބާއްވާފައިވާ އެއްޗެއްކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައި އެވެ.
ކަސްޓަމް ސަރަހައްދުން ފެނުނުނީ ފޭކު އެއްޗެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ