ގާޒީ ޒިޔާދާގެ ސުލޫކީ މައްސަލައެއް ބަލަނީ
އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓްގެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޒިޔާދާ ތޯހިރުގެ މައްސަލަ ތަހުގީގު ކުރަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖިލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.ޒިޔާދާ ތޯހިރުގެ މައްސަލަ ތަހުގީގު ކުރަން މިހާރު ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.ޖޭއެސްސީ ކޮންޓްރޯލް އޮންނަނީ ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސީ ބޭފުޅުންގެ އަތުގައި ކަމަށް ވާތީ ސަރުކާރުން ބޭނުން ބޭފުޅަކު ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ސަރުކާރުން ބޭނުންވާ ފަނޑިޔާރެއްގެ މައްސަލަ ބެލުމުގެ ފުރުސަތު އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ