ރެއާއި، މިއަދު
ހެނދުނު އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި
47 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުން ބުނެފިއެވެ.
ފަލަސްތީނުގެ ވަފާ ނޫސް
އޭޖެންސީން ބުނެފައިވަނީ، އިސްރާއީލު ސިފައިން ޣައްޒާގެ މެދުތެރޭ ދީރުލް ބަލާހާއި،
ނުސައިރަތު ރެފިއުޖީ ކޭމްޕަށާއި އަދި އައް ޒަވޭދާ ސަރަހައްދަށް ބޮންއަޅައި އަދި
ބޮޑުބަޑިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
ރެއާއި މިއަދު
ހެނދުނުގެ ހަމަލާތަކުގައި ޝަހީދުވި 47 މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި
އަންހެނުން ކަމަށްވެސް ރިޕޯޓް ކުރެއެވެ.
ނުސައިރަތު ރެފިއުޖީ
ކޭމްޕުން ގިނަމީހުން ޝަހީދުވީ އެމީހުންގެ ގެތަކަށް ޓެރަރިސްޓުން ބޮން އެޅުމުގެ
ސަބަބުންނެވެ.
ގެތަކަށް ފުރަތަމަ
ބޮން އެޅުމުން މީހުން ސަލާމަތްކުރަން އާންމުން އެއްވި ވަގުތު ދެވަނަ ފަހަރަށްވެސް
އެ ގެތަކަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށްލާފައިވާ ކަމަށް ވަފާ ނޫސް
އޭޖެންސީން ބުނެފައި ވެއެވެ.
އިސްތިއުމާރީ
އިސްރާއީލު ސިފައިން ބުރާސްފަތި ދުވަހު ޣައްޒާގެ އެކި ހިސާބުތަކަށް ބޮންއަޅައި 95
މީހުން ޝަހީދު ކޮށްލާފައި ވެއެވެ. ގިނައީ ކުޑަކުދިންނާއި އާންމުންނެވެ.
ޚާއްސަކޮށް ހަތަރު ލައްކަ
މީހުންނާއެކު ޣައްޒާގެ އުތުރު ބަންދުކޮށް، ޒަޔަނިސްޓުން ގެންދަނީ ލާއިންސާނީ
ބޮޑެތި ޖަރީމާތައް ހިންގައި، ދިރިހުރި އެކަކުވެސް ނުބަހައްޓައި
މަރައިހުސްކުރަމުންނެވެ. ގެތަކާއި އިމާރާތްތަކަށް ބޮންއަޅައި
ބިމާހަމަކުރަމުންނެވެ.
ޣައްޒާގެ އުތުރުގައި ޚިދުމަތް
ދެވޭގޮތަށް ހުރި ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދްވާން ހޮސްޕިޓަލަށް
އިއްޔެ ހަމަލާދީ، އެ ހޮސްޕިޓަލަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފޮނުވާފައި
ހުރި ބޭސްތައް ރައްކާކޮށްފައި ހުރި ގުދަން ގޮއްވާލުމާއެކު ހޮސްޕިޓަލްވަނީ
ހުއްޓުމަކަށް އައިސްފައެވެ.
ބޭހެއް،
ޑޮކްޓަރުންނެއް، ސިއްހީ ޚިދުމަތެއް ދޭނޭ އެއްވެސް މީހަކު ކަމާލް އަދްވާން
ހޮސްޕިޓަލްގައި ނެތްއިރު، ސުންނާފަތި ކޮށްލާފައިވާ އިމާރާތުގައި މިހާރު ތިބީ މަރާ
ހަނގުރާމަ ކުރަމުންދާ ބަލިމީހުން އެކަންޏެވެ.
އިސްރާއީލުގެ ޓެރަރިސްޓުންވަނީ،
އެ ހޮސްޕިޓަލަށް މިދިޔަ ހަފްތާގައި ހަމަލާދިނުމަށްފަހު ހޮސްޕިޓަލުގައި ތިބި ހުރިހާ
ޑޮކްޓަރުންނާއި، މެޑިކަލް ސްޓާފުން ހައްޔަރުކޮށްގެން ގޮންގޮސްފައެވެ.
ރެއާއި، މިއަދު ހެނދުނު ޣައްޒާއަށް ހަމަލާދީ 47 މީހުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ