މަރުވެފައިވާ މައިންބަފައިންނަށް ދެވޭނެ އެންމެ ފައިދާބޮޑު ހަދިޔާ ގިނަ ދަރިންނަށް ނުވެސް އެނގޭ!: މުފްތީ މެންކް

މައިންބަފައިން މަރުވެފައިވާކަން އެނގުމުން އެމީހުންނަށް ދިނުމުން އެންމެ ފައިދާކުރާނެ ހަދިޔާގެ ވާހަކައިން ސުވާލުކުރުމުން ގިނަ ދަރިން ދައްކަނީ އެކަމެއް ކުރަން އެތައް ބައިވަރު ފައިސާ ޚަރަދުކުރަންޖެހޭނެ ކަންކަމުގެ ވާހަކައެވެ. ވީމާ އެކަމުން އެނގެނީ އެންމެ ފައިދާކުރާނެ ހަދިޔާ އެދަރިންނަސް ނުވެސް އެނގޭ ކަމެވެ. 
ޙަދީޘްފުޅުތަކުން އަހުރެންނަށް އެނގެން އޮތް ގޮތުގައި އެހަދިޔާއަކީ އެމީހުންގެ ފާފަ ފުއްސަވައި ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރުމެވެ. އެކަން ކުރާކަށް ވަކި ދުވަހެއް ވަކިވަޤުތެއް އަދި ވަކިޢަދަދެއްވެސް ނެތެވެ. ކޮންމެ ދުވަހެއްގެ ހުރިހާ ވަޤުތުތަކެއްގައިވެސް އެމީހަކަށް ކުރެވުނުހައި ގިނައިން ކުރަމުން ގެންދަންވީއެވެ. 
އެއްވެސް ޝައްކެއް ނެތެވެ. މިސްކިތް އެޅުމާއި ސްކޫލް އެޅުމާއި ޞަދަޤާތްކުރުމާއި މިކަންކަމަކީވެސް ކުރަން ރަނގަޅު ކަންކަމެވެ. އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިވަރަކުން އެކަންކަންވެސް ހަމަ ކުރަމުން ގެންދަންވީއެވެ. އެކަންކަން ކުރަން މަސައްކަތްކުރަމުންވެސް ދުޢާކުރަމުން ގެންދަންވީއެވެ. އަދި ކޮށްފައިވެސް ދުޢާކުރަމުން ގެންދަންވީއެވެ. 
ދުޢާކުރުން ހުއްޓާލުމެއް ނެތެވެ. މަދުކުރުމެއްވެސް ނެތެވެ. އަދި ކީއްހެއްޔެވެ؟ ކިތަންމެ ގިނައިން ދުޢާކުރަންވެސް އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ޙަދީޘްފުޅުގައި އޮތީ ޞާލިޙް އަޅުންގެ ދުޢާއިން ސުވަރުގޭގައި މައިންބަފައިންގެ ދަރަޖަ މަތިވެރިކުރައްވަވާނެ ކަމެވެ. ވީއިރު ދުޢާކުރުމަކީ މައިންބަފައިންނަށް އެންމެ ބޮޑަށް ފައިދާކުރާނެ ހަދިޔާއަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟
 
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ