އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ ދެ މެންބަރުންގެ ގޮނޑިއަށް އައްޔަންކުރާނެ ދެ ނަމެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު ވަނީ ދައުުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފަ އެވެ. މި ޖަލްސާއަށް ވަނީ އެ ކޮމިޝަނަށް އައްޔަންކުރާނެ ނަންތަކެއް ފޮނުވާފަ އެވެ.
އޭސީސީގެ ދެ ގޮނޑި ހުސްވީ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.
ތަފްސީލް - އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންނެވި ދެ ނަމުގެ އިތުރުން އެހެން ނަންތައް ވެސް މަޖިލީހަށް ފޮނުއްވި އެވެ. ރައީސް އިސްކަން ދެއްވާފައިވާ ދެ ނަމަކީ:
އަހުމަދު ނާޝިދު، މއ. ގޯލްޑަން މޫން
އާސިޔާ އަޒީމާ، ރޯޒްވިލާ/ރ. ހުޅުދުއްފާރު
އެނގުން މުހިންމު - އޭސީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބި މެންބަރުންނަކީ:
އާދަމް ޝާމިލް - ރައީސް
ޝިޔާމާ މުހައްމަދު
ޝަޒްނާ ހާޝިމް
އޭސީސީއަށް 2 މެންބަރުން އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ