ސިވިލް ކޯޓުގެ ގާޒީ ކަމަށް 15 ބޭފުޅުން!

ސިވިލް ކޯޓުގެ އިސް ގާޒީ އަހުމަދު ނިމާލް އަވަހާރަވުމުން އެ ކޯޓުގައި ހުސްވި ގާޒީ ކަމަށް 15 ބޭފުޅުން ކުރިމަތިލައްވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށްވެއެވެ. އުމުރުން 36 އަހަރުގެ ނިމާލް ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖެއްސީ އޮގަސްޓް މަހުއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ވަނަވަރު ހާމަކޮށްފައެވެ.
ސިވިލް ކޯޓަށް އިސް ގާޒީއެއް ހަމަޖެއްސެންދެން މިދިޔަ މަހުގެ 21، އިން ފެށިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ވަނީ ގާޒީ ފަރުހާދު ރަޝީދުއާ ހަވާލުކޮށްފައެވެ. ސިވިލް ކޯޓުގެ ގާޒީއަކަށް 30،000ރ. ލިބިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ