ފްރާންސަށް ބާރުގަދަ ތޫފާނެއް އަރައި 1.2 މިލިއަން މީހުން ކަރަންޓުގެ ހިދުމަތުން މަހުރޫމުވެއްޖެ

ފްރާންސަށް ބާރުގަދަ ތޫފާނެއް އަރައި 1.2 މިލިއަން މީހުން ކަރަންޓުގެ ހިދުމަތުން މަހުރޫމު ވެއްޖެއެވެ.
ސިއަރަން ނަމަކަށް ކިޔާ މި ބާރުގަދަ ތޫފާން ފްރާންސްގެ އިތުރުން އެގައުމާ އިންވެގެން އޮންނަ އިނގިރޭސި ވިލާތުގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް ވަނީ ތޫފާނުގެ އަސަރު ކުރަން ފަށައިފައެވެ.
ފްރާންސަށް ތޫފާން އަރައި ގަޑިއަކު 120 ކިލޯމީޓަރަށް ވައިގަދަވާ އިރު، ވިލާގަނޑުގައި ގަޑިއަކު 200 ކިލޯމީޓަރަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
ފްރާންސުން މިހާތަނަށް އެކަކު މަރުވެފައިވާ އިރު، ބޮޑުބަޔަކުން ކަރަންޓު ކެނޑި 1.2 މިލިއަން މީހުންނަށް މިކަމުގެ އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިނގިރޭސިވިލާތަށް ތޫފާނުގެ އަސަރުކޮށް އެގައުމުގެ 780،000 މީހުން ކަރަންޓުގެ ހިދުމަތުން މަހުރޫމުވެ ހާލުގައި ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެގައުމަށް ތޫފާނުގެ އަސަރު ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ