މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހްމަދު ޝަރީފް ހަމަޖައްސައިފިއެވެ.
އަހުމަދު ޝަރީފަކީ ޕޮލިސް ބޯޑުގެ ރައީސް އެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ.
މޯލްޑިވްސް ސްޓޭޓް ޝިިޕިން ކޮމްޕެނީ އުފައްދައި އެ ކުންފުނި ރަސްމީކޮށް އިފްތިތާހް ކުރީ އޭޕްރީލް 5، 2020 ގައެވެ. އެމްއެސްއެސް ޗާޓަރު ކުރި ފުރަތަމަ ބޯޓުވެސް އެދުވަހު ރާއްޖެ އައިސްފައިވެ އެވެ.
އެމްއެސްއެސް އަކީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެެމް)ގެ އެއް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ.
މީގެ ތިން އަހަރު ކުރިން 2020 ގައި އުފެއްދި ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ އެމްޑީ އަކީ، އެސްޓީއޯގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ސައީދެވެ. އޭނާއަށް ފަހު ޝިޕިން ކުންފުނީގެ އެމްޑީއަކަށް ހަމަޖެއްސީ ކެޕްޓަން މުހައްމަދު ނާޒިމެވެ.
ގައުމީ ޝިޕިން ކުންފުނީގެ އެމްޑީއަކަށް އަހުމަދު ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ