ތާއީދު އޮންނަ މިންވަރު ކަނޑައަޅާނީ ރަށްތަކަށް ދިއުމުން މަރުހަބާ ކިޔަން ނިކުމެ ތިބޭ ރައްޔިތުންގެ އަދަދަށް ބަލާފައި ނޫންކަމަށް ޖުމްހުރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ށ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ރައްޔިތުްންނާ މުޙާތަބު ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މި ޒާމާނަކީ ކޮންމެ ތާކު ހުރެގެންވެސް، އެކި ހިސާޞުތަކުގައި ހިނގާ ކަންކަން ބެލޭ ޒަމާނެއްކަމަށެވެ. ރަށްރަށް އޭނާ ވަޑައިގަތުމުން އެތަނަށް އެއްވެ ތިބޭ ރައްޔިތުންގެ އިތުރުން، އެތައް ބަޔަކު އޭނާ ދައްކަވާ ވާޙަކަތައް އަޑުއައްސަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ބޯ ކަނޑާލި ނަމަވެސް މަސައްކަތް ކުރަންޖެހޭނެކަމަށް ވިދާޅުވެ، ގާސިމް ސުވާލުއުފެއްދެވީ މިހާު މިނިވަންކަން އޮތްކަމާމެދުއެވެ،
ގާސިމް ވިދާޅުވިއެވެ.
ކެމްޕެއިން ޖަލްސާތަކުައި ދައްކަވާ ވާހަކަތަކުގައި ގާސިމް އަންނަނީ ތަކުރާރުކޮށް ދިވެހި ގައުމުގައި އެހެން ގައުމުތަކުގެ ސިފައިން އެބަ ތިބިކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރު ގެނައުމަށް އޭރު މަސައްކަތް ކުރި ނަމަވެސް ސަރުކާރުން ހިންގަމުންދާ ގޯސް އަމަލުތަކުގައި ޖޭޕީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާގެ ވާޙަކައިގައި ގާސިމް ވަނީ ސަރުކާރު ކޮރަޕްޓްވެފައިވާކަމަށް ސިފަކޮށްފައެވެ. ސަރުކަރު ކުންފުނިތަކުން ވަޒީފާތައްދީފައިވާ ގޮތުގެ ތަފްސީލު އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި، ވަޒީފާތައް ދީފައިވަނީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށެވެ.
މީގެ ކުރިން ގާސިމް ވަނީ ސަރުކާރުން ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ބައެއް ފަރާތްތަށް ވަޒީފާއިން ވަކިކުރަމުންދާކަމަށްވެސް ވިދާޅުވެފައވެެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ އެމަނިކުފާނު ވެވަޑައިގެން ވައުދުތަކާއި، އަދި ރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފުވެފައިކަމަށް ފާހަގަކޮށް، މި ވެރިކަން ބަދަލުކޮށް ގައުމު ހަމަ މަގަށް ގެންދިއުމަށް ގައުމުގެ ހުންގާނު އޭނާއާއި ހަވާލުކުރަންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
އޭނާއަކީ ވެރިކަމަށް ގާބިލް މީހެއްކަން ސާބިތުކޮށްދެއްވުމަށް ދައްކަވާ ވާޙަކައިގައި ގާސިން އަންނަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ގެނައުމަށާއި އަދި އެއަށްފަހު، 2013 ގައި ޕީޕީއެމްގެ ވެރިކަން ގެނެސް އަނެއްކާ 2018 ގައި އެމްޑީޕީގެ ދެވަނަ ވެރިކަން ގެނައުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވަމުންނެވެ. އޭނާއަކީ ދިވެހި ގައުމަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ އިސްކޮށް ހުރި އެކަކުކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޮތް ތާއީދު އެނގޭނީ މަރުހަބާ ކިޔަން ނިކުންނަ މީހުންގެ އަދަދުން ނޫންކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ