ރައްދުގައި އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރުވެފައިވާކަމަށް އީރާންގެ ސަރުކާރު މީޑިއާއިން ބުނެފިއެވެ.
އީރާނުގެ ގަޑިން މިރޭ 21:45 ހާއިރު އެގަމުގެ ސަރުކާރުގެ ޓީވީން ރިޕޯޓު ކުރި ގޮތުގައި އިސްރާއީލަށް އަމާޒުކޮށް އީރާނުން ދޭ "ބޮޑު އަދި ފަނާކުރުވަނިވި" ބަދަލުހިފުމުގެ ހަމަލާތަކެއް ގަޑިއިރުތަކެއްގެ ތެރޭގައި ދޭން ފަށާނެއެވެ.
އީރާން ޓީވީން އެހެން ބުނިތާ މިހާރު ގަޑިއިރެއްވުމާއި ވަނީ ކައިރިވެފައެވެ.
އީރާނާއި އިސްރާއީލުން މިސައިލްތަކާއި ވައިގެ ހަމަލާތައް ދެމެދުގައި ބަދަލުކުރަމުންދާއިރު، މީހުން މަރުވާ އަދަދުވެސް ދަނީ މައްޗަށެވެ. ހަނގުރާމަ އިތުރަށް ގަދަވަމުންދާތީ މި ހަނގުރާމަ އަވަހަށް ނިމިދާނެކަމުގެ ކޮޅުމަތި ނުފެންނަކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ބުނެފަވެއެވެ.
އިސްރާއީލް ހަމަލާތަކުގައި މިހާތަނަށް އީރާންގެ 80 އެއްހާ މީހުން ވަނީ ޝަހީދުކޮށްލާފައެެވެ. އޭގެ ތެރޭގައި 20 ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ. ރައްދުގައި އީރާނުން ދިން ހަމަލާތަކުގައި އިސްރާއީލްގެ 4 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ. އަދި ދެ ޤައުމުގައި ވެސް އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން ކުރިން ރޭވިގެން ދިން ހަމަލާއަށް ތަޢުރީފުކޮށްފައެވެ. އަދި އީރާނުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ބޮޑުތަނުން ކުޑަކުރުމަށް އަވަހަށް ޤަބޫލުނުވެއްޖެނަމަ މާ ގޯސް ކަންތައްތަކެއް ވެދާނެކަމުގެ އިންޒާރު ދީފަވެއެވެ.
އިސްރާއީލުން "އަނިޔާވެރި" ހަމަލާތައް އީރާނަށް ދެމުންދާއިރު އީރާނާއި އެމެރިކާ ދެމެދުގައި ކުރިއަށްދާ ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ޖާއިޒު ކަމެއް ނޫން ކަމަށް އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަޤްޗީ ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ އެ ޤައުމުން އީރާނަށް ދިން ވައިގެ ހަމަލާތަކުގައި 20 އަށްވުރެ ގިނަ އީރާނުގެ އާމީ އަދި ރިވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރުން މަރުވެފައިވާ ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އިސްރާއީލަށް ބޮޑު ފަނާކުރުވަނިވި ހަމަލާއެއް ދޭން ތައްޔާރު: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ