އެދެމަފިރިން ކައިވެނިކޮށް އެކުގައި އުޅެންފެށިއިރު ފިރިމީހާއަކީ ތަނަވަސް މީހެއް ނޫނެވެ. އަނބިމީހާގެވެސް ބުރަ މަސައްކަތާއިއެކު ތަނަވަސްކަން ލިބި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅު ފެންވަރުގެ ގެއެއްވެސް އެޅުނެވެ.
އެއްދުވަހަކު އަނބިމީހާއަށް އެނގުނީ އޭނާގެ މަންމަ ބަލިވެއުޅޭކަމާއި ގޭގައި އިތުރު މީހަކު ނެތްކަމެވެ. މަންމަގާތުގައި ހުރި ދަރިފުޅު ވަނީ އޭނާގެ އަނބިމީހާ އާއިއެކު ރަށުން ބޭރުގައިކަމެވެ. އެހެންވެ ބޭސްނަގައިދޭނެ މީހަކުވެސް ގޭގައި ނެތީއެވެ.
ފިރިމީހާގެ ގާތުގައި އެވާހަކަ ބުނެ ގެއަށް ގޮސް މަންމައަށް ބޭސްކޮޅު ނަގައިދީ ބޭނުންވާ ތަކެތި ގަނެލައިދިނުމަށް އެދުމުން ދަރިފުޅު އައީ ރުޅިއެވެ. "ބަލަ މަންމަގެ ދަރިންތައް ކޮބައިހެއްޔެވެ؟ ތިއައީ އަބަދު އަހުރެންނަށް ކުރަންޖެހޭ ކަމެއް ހެއްޔެވެ؟"
މިއަޑުތައް އަހަންހުރި މައިދައިތަ އަނގައިންވެސް ނުބުނެ ގެއިން ނުކުމެގެންގޮސް ކުޑައިރުކޮޅެއްގެ ތެރޭގައި އެނބުރި އައީ ދަރިފުޅުގެ މައިދައިތަ ގޮވައިގެންނެވެ. އެކަމާއި ދަރިފުޅު ހިތްހަމަނުޖެހުނުކަން އެނގުމުން ގޮވައިގެން ކޮޓަރިއަށް ގޮސް ބުންޏެވެ.
"ދަރިފުޅާއެވެ! ނިކަން ވިސްނައިލަބަލާށެވެ! ދަރިފުޅުގެ އަނބިމީހާ މިގެއަށް ގެނެވުނުއިރު އަހަރެމެން ތިބި ޙާލާއި މިހާރު މިއުޅޭގޮތް ހަމަ ނުއެނގެނީހެއްޔެވެ؟ ދަރިފުޅަށް އެހައި ރަނގަޅުއިރު އަހުރެންނަށްވެސް ކަންކަން އެކުރަނީ އަމިއްލަ މައިމީހާކަމަށް ދެކެގެން ނޫން ހެއްޔެވެ؟ މިޒަމާނުގައި އެފަދަ އަންތބަކު ލިބުމަށްވުރެ ބޮޑު ނަޞީބުވެރިއަކީ ކާކުހެއްޔެވެ؟ އަހުރެން މިކަމުގައި މިކުރަނީ އަމުރެވެ! އަޑުއަހާށެވެ! ދެން އޭނާ ގެއަކަށް ނުވެސް ފޮނުވާނަމެވެ. އޭނާ މިގޭގައި ބެއިންދިއްޔާ ދެމައިންނަށްވެސް ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ. އަނބިމީހާ އުފަލުގައި އިންނަމަ މާރަނގަޅަށް ދަރިފުޅަށްވެސް މަންމައަށްވެސް ޚިދުމަތްކުރާނެއެވެ. އަދި އަހުރެންގެ އެކަނިވެރިކަންވެސް ފިލާނެއެވެ. ވީމާ ދަރިފުޅަށް އަމުރުމިކުރަނީ އަހުރެންނަށްވުރެވެސް ބޮޑަށް އަނބިމީހާގެ މަންމައަށް ހެޔޮކޮށް ހިތުމަށެވެ!"
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްތައް ހިނގައިދިއަ ގޮތުގެ ކުރު ޚުލާޞާއެކެވެ. އަޅުގަނޑަށް ލިބިފައިވާ މައިދައިތައަކީ މިޙާދިސާގައިވާ މައިދައިތައާއި މުޅިން އިދިކޮޅު މައިދައިތައެކެވެ. ކުރާ އެއްވެސް ޚިދުމަތެއްގެ އަގު ވަޒަން ނުކޮށް އަބަދު މޫނުހަދައިގެން އިންނަ މައިދައިތައެވެ. ޝުކުރުވެރިވުމާއި ތައްރީފްގެ ހެޔޮ ބަހެއް ބުނުމަކީ އޭނާ ކުރަން ދަންނަވެސް ކަމެއް ނޫނެވެ.
އުންމީދުކުރަނީ މިވާހަކަކޮޅުން އަޅުގަނޑުގެ މައިދައިތަ ފަދަ މައިދައިތައިންނަށް ފިލާވަޅެއް ލިބޭނެ ކަމަށެވެ!
- ޒިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
ކޮންފަދަ ނަމޫނާ މައިދައިތައެއް! ދަރިފުޅުގެ އަނބިމީހާގެ ރަނގަޅުކަމުގެ އަގު ވަޒަންކޮށް އޭނާއަށްވުރެ ބޮޑަށް މައިދައިތައަށް ޚިދުމަތްކުރަން ދަރިފުޅަށް އަމުރުކުރި މަންމައެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ