މޮލްޑޯވާގައި ކުރިއަށްދިޔަ ވިންޓާ ޝިސިނައު ގައި ވާދަކޮށް ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް (އެލީ) ދެ މެޑަލް ހޯދައިފި އެވެ.
ލައިބާ މެޑަލް ހޯދީ މިކްސް ޑަބަލްސް އަދި ޑަބަލްސް އިވެންޓުންނެވެ. ހަތް ގައުމަކުން 216 އެތުލީޓުން މުބާރާތުގައި ވާދަކުރި އެވެ.
މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ރޯމޭނިއާގެ ބެންޖަމިން އެވެ. މިކްސް ޑަބަލްސްގެ ފައިނަލުގައި ރޯމޭނިއާގެ ލޫކާ އާއި އިސަބެލްލާގެ ޕެއާއާ ދެކޮޅަށް ކުޅެ ލައިބާގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 16-21 އަދި 17-21 އިންނެވެ.
މީގެ އިތުރުން ޑަބަލްސް އިވެންޓުގައި ވާދަކޮށް ލައިބާ ލޯ މެޑަލް ހޯދީ ސެމީގައި މޮލްޑޯވާގެ, ޕެޓްރިކް އާއި ޑަރީއާ ޕެއާ އަތުން ބަލިވެގެންނެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ އަކީ އިރީނާ އެވެ. މި މެޗު މޮލްޑޯވާގެ ޕެއާ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މެޗުގެ ސެޓުތައް ދިޔައީ 21-19, 15-21 އަދި 25-27 އިންނެވެ.
ލައިބާ އަންނަނީ ރާއްޖޭން ބޭރުގައި ކުރިއަށްދާ ބައިނަލްއަގްވާމީ ބެޑްމިންޓަން ޓުއާތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.
މޮލްޑޯވާ މުބާރާތުން ލައިބާ އަށް ރަނގަޅު ކާމިޔާބީ އެއް މޮލްޑޯވާ މުބާރާތުން ލައިބާ އަށް ރަނގަޅު ކާމިޔާބީ އެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ