ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަހަމްކޮށްލައިފި

ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއެއްގައި 18 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، އިތުރު ފަރުވާއަށް އައްޑުއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި މީހެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިންގި ކަމުގެ މައްސަލައެއް ރޭ 8:54 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލު - އެ މާރާމާރީގައި އަނިޔާވީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ތެރެއިން ބޭރު ފުށުން ފެންނަން ހުރި އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ދިއުމާއި ކަނާތްފަރާތް ކޯމަތި ދުޅަވުމާއި އިތުރު ކުދި އަނިޔާތައް ހިމެނެ އެވެ.
އޭނާއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު އައްޑުއަށް ވަނީ ގެންގޮސްފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން އަދި ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ