ޑޮލަރުގެ އަގު ތިރިވަންދެން ސަރުކާރުގެ އުމްރާނީ މަޝްރޫއުތައް ހުއްޓާލަންޖެހޭ: ނަޝީދު

ޑޮލަރުގެ އަގު ދަށަށް ދަންދެން، ސަރުކާރުން ހިންގާ ހުރިހާ އުމްރާނީ މަޝްރޫއުތަކެއް ހުއްޓާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު އެކަމަށް ގޮވާލެއްވީ، އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިފަހުން، ޑޮލަރުގެ އަގު 21 އަށް ވަނީ މައްޗަށް ގޮސްފަ އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުންދާ ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ތިރިނުވަނީސް ސަރުކާރުން އަސާސީ ހިދުމަތްތަކަށް ކުރާ ހަަރަދު ފިޔަވައި އެއްވެސް ހަރަދެއް ކުރުން ރަނގަޅު ނޫން ކަމަށެވެ.
ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތައް ނިންމަން ރަށު ކައުންސިލްތަކާ ހަވާލުކުރުމަށް ވެސް ނަޝީދު އިލްތިމާސްކުރެއްވި އެވެ.
"އުމްރާނީ ހުރިހާ މަސައްކަަތެއް ހުއްޓާލަންޖެހޭ. ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތައް ރަށު ކައުންސިލްއާ ހަވާލުކުރުން ރަނގަަޅުވާނެ. ކައުންސިލް އިން ކްރޮސް ސަބްސިޑީގެ އުސޫލުން އަގު ދައްކާ އެ މަސައްްކަތް ނިންމިދާނެ،" ނަޝީދުގެ ޕޯސްޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ