ޑްރޯން ބޭނުންކޮށް، ގެއްލުނު ދޯނި ހޯދައިފި

މ.ރަތްމަންދޫ ބޭރަށް، ތިން މީހުންނާ އެކު ފަރުމަހަށް ދިޔަ ޑައިވިން ދޯނި ފެނިއްޖެ އެވެ.އެމްއެންޑީއެފުން ބުނީ މި ދޯނި ފެނުނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށެވެ. އަދި ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ސިފައިން ބުންޏެވެ.އެ ދޯނީގައި ތިބީ ކ. މާފުށިން ދިޔަ ބައެއް ކަމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.މި ދޯނި ހޯދަން އެމްއެންޑީއެފްގެ ޑްރޯން ވެސް ބޭނުންކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ