މާވަށު ބިން ހިއްކަން ފެށީ ޑްރެޖަރެއްވެސް ނެތި އެކްސްކަވޭޓަރެއް އެކަނި އެރަށަށް އަރުވައިގެން! ރައްޔިތުންގެ ގުބޯ ހައްދަން, މި ހުކުރު ހޮނިހިރުގައި އެކަނި ވަނީ 21 ރަށެއްގެ މަޝްރޫއުތައް ނަމެއްގައި އެވާޑްކޮށް, އަމަލީ މަސައްކަތް ފެށުމަށް ރަސްމިއްޔާތުތައް ބާއްވާފ

އިއްޔެ އަމަލީ މަސައްކަތް ފެށި ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނަމެއްގައި ފަށާފައިވަނީ ބިން ހިއްކު މަސައްކަތަށް ބޭނުންވާ ޑްރެޖަރު އެރަށަށް ނުގެންގޮސްކަން ހާމަވެއްޖެއެވެ.
އެގޮތުން ލ. މާވަށު ބިން ހިއްކަން ފެށިކަން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެކްސްގައި ޕޯސްޓްކޮށް ބައެއް ފޮޓޯތައް ހިމެނިނަމަވެސް ބިން ހިއްކުމަށް އެ ސަރަހައްދުގައި ޑްރެޖަރެއް އޮތްތަންވެސް ފެންނާކަށް ނެތެވެ. އަދި މި މަޝްރޫގެ ތަފްސީލެއްވެސް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. 
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އެރަށުގެ ރައްޔިތަކު ބުނެފައިވަނީ އެރަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ޑްރެޖަރެއް ނުގެންގޮސް ހަމަ އެކަނި އެކްސްކަވޭޓަރެއް ބާއްވައިގެން ކަމުގައެވެ.
މާވަށު ބިން ހިއްކަން ފަށާފައިވަނީ ޑްރެޖަރެއް ގެންދިއުމަކާވެސް ނުލާ, ހަމައެކަނި އެކްސްކަވޭޓަރެއް އެރަށް އަރުވައިގެން
ތިމަން މަނިކުފާނަކީ އިންތިޚާބުތަކާ ދިމާކޮށް ކަޑަޖަހާނެ ރައީސެއް ނޫންކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި މުއިއިއްޒު, މާދަމާ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް, ފާއިތުވި 2 ދުވަހުގެ ތެރޭގައި 19 ރަށެއްގައި މަޝްރޫއުތަކުގައި ސޮއިކޮށް, ބައެއް ރަށްތަށް އެކްސްކަވޭޓަރުތައް އަރުވައިފިއެވެ.
އެގޮތުން އެންމެ ދެ ދުވަހުގެ ތެރޭގައި, މުއިއްޒު އަމަލީ މަސައްކަތްތައް ފަށާފައިވާކަމަށް ބުނާ, އަދި އެވާޑްކުރުމުގެ ނަމުގައި މަޝްރޫޢުތަކުގައި ސޮއި ކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރުވަނީ 21 އަށް އަރާފައެވެ. އަދި މިއަދުވެސް ސަރުކާރުން ދަނީ މަޝްރޫޢުތަކުގައި ސޮއިކޮށް އަދި މަޝްރޫއުތައް ފެށުމުގެ ނަމުގައި ރަސްމިއްޔާތުތައް ބާއްވަމުންނެވެ.
“ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން އެރަށުގެ ރައްޔިތަކު ބުނެފައިވަނީ އެރަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ ޑްރެޖަރެއް ނުގެންގޮސް ހަމަ އެކަނި އެކްސްކަވޭޓަރެއް ބާއްވައިގެން ކަމުގައެވެ.
ރާއްޖެއަށް ކުރިމެތިވެފައިވާ ދަރަނިވެރި ހާލަތު ގަބޫލުކުރައްވާކަމަށް ވިދާޅުވެ މަޖިލިސް އިންތިހާބާއި ދިމާކޮށް ކަނޑަ ޖަހާނެ ރައީސްއަކަށް ނުވާނެކަމަށް ރައއީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަދުވަހުއެވެ. 
” އެހެންޏާ ކަންތައްތައްވާ ގޮތަށް އިންތިހާބަށް މަހެއް ނުވަތަ ދޮޅުމަސް ވީމާ އައިސް މިއިން އެއްވެސް ކަމަކާ ބެލުމެއްނެތި ހަމަ ކުއްލިއަކަށް ބިންގާ އަޅައި، ކަޑަޖަހާ އުސޫލުން ކަންކަންކޮށްފައި ދިޔައީމާ ރައްޔިތުންނަށް ވާ ފައިދާއެއް ނޯވޭ. އެއީ އަމިއްލަ ނަފްސަށް އޮޅުވާލެވެނީ.
އޭރު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް މަޝްރޫއުތައް ފަށަމުންނެވެ. ބައެއް މަޝްރޫތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ މާ ގިނައިރުތަކެއް ނުވަނީސް އަމަލީ މަސައްކަތްވެސް ފަށާފައި އެބަހުއްޓެވެ. އަދި ގިނަ މަސައްކަތްތަކުގައި ތަފްސީލުތަކެއްވެސް އާއްމެއް ނުކުރެއެވެ. ބިން ހިއްކަން ފަށާ އެކަން އިއުލާންކުރާއިރު އެ ސަރަހައްދުތަކުގައި ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރުތަކެއްވެސް ނެތެވެ. 
މިިދިޔަ ދެ ދުވަސްތެރޭ ބިން ހިއްކުން ފެށި / ހަވާލުކުރި 
ލ. މާވަށް 
ގުޅިފަޅު 
ގިރާވަރުފަޅު
ކިނބިދޫ 
އައްޑޫސިޓީ މީދޫ (15 އޭޕްރިލްގައި)
އައްޑޫސިޓީ ހުޅުދޫ (15 އޭޕްރިލްގައި)
މިިދިޔަ ދެ ދުވަސްތެރޭ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރި 
ހއ. ދިއްދޫ
ށ. މިލަންދޫ 
ށ. ބިލެތްފަހި 
ތ. ވިލިފުށި 
ތ. ގުރައިދޫ 
ށ. ކޮމަންޑޫ  
މިިދިޔަ ދެ ދުވަސްތެރޭ މަގު ހަދަން ފެށި / ހަވާލުކުރި
އއ. ތޮއްޑޫ
ހއ. ހޯރަފުށި
ހދ. މަކުނުދޫ
ރ. މާކުރަތު
ރ. އަލިފުށި (15 އޭޕްރިލް) 
ނ. ކެނދިކުޅުދޫ (14 އޭޕްރިލް)
މިިދިޔަ ދެ ދުވަސްތެރޭ ބޯހިޔާވަހިކަން ހައުސިން ޔުނިޓް 
މ. ދިއްގަރު ( 75 ޔުނިޓް ބިންގާވެސް އަޅައިފި )
މިިދިޔަ ދެ ދުވަސްތެރޭ ފަށާފައިވާ އެހެން ބައެއް މަސައްކަތްތައް
އައްޑޫގެ ކަރަންޓް ރަނގަޅުކުރުމަށް ފެނަކައިން ޗައިނާ ކުންފުންޏަކާއި ހަވާލުކުރުން
އެޗްޑީސީން ހުޅުމާލޭގައި ރޭސިން އާ ޑްރާޕްޓިން ސްޕޯޓްސް އެރީނާއެއް ހަދަން އެއްބަސްވުމުގައި ސޮއިކުރުން
ހިޔާ ޓަވަރުތަކުގައި އިތުރު ފްލެޓްތައް ހަރުކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށުން
ރައީސް ފާހަގަ ވެފައިވަނީ އަމަލުތައް ރިޔާސީ އިންތިޚާބުގައި ވީ ވައުދުތަކާއި ޚިލާފަށް ބަހައްޓަވާ, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަގުސަދުގައި މުޡުލަގަށް ދޮގު ހައްދަވަމުން ގެންދަވާ ރައީސެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ