ހުނަރުވެރި ފެތުންތެރިޔާ މިރާލް ހަތަރު އިވެންޓެއްގެ ގައުމީ ރެކޯޑް އައުކޮށްފި

ޔޫކޭގައި ކުރިއަށްދިޔަ މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރ ގައި އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ، 100 މީޓަރ އަދި 200 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ.
މީގެތެރެއިން 50 މީޓަރ ބަޓަރފްލައި އިވެންޓު މިރާލް ނިންމާފައިވަނީ 00.32.56 އިންނެވެ. އަދި 100 މީޓަރ ބަޓަރފްލައި އިވެންޓް 01.14.76 އިން ނިންމާފައިވާއިރު، 200 މީޓަރ ބަޓަރފްލައި އިވެންޓް ފުރިހަމަކޮށްފައި ވަނީ 02.54.52 އިންނެވެ. މީގެ އިތުރުން 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ނިންމާފައި ވަނީ .02.48.74 އިންނެވެ.
ޝޯރޓްކޯސް 200 މީޓަރ އިންޑިވެިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑް އާކޮށްފައި ވަނީ 2023 ވަނަ އަހަރު ހަންގޭރީގައި ބޭއްވުނު އެގައުމުގެ ޝޯރޓްކޯސް ޤައުމީ މުބާރާތުގައި 02.55.12 އިން ރޭސް ފުރިހަމަކޮށްގެން ހަމްނާ އަޙްމަދެވެ. އަދި 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިންއެވެ. އެއީ، 2008 ވަނަ އަހަރު ބޭއްވުނު 8 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 00.32.78 އިން ރޭސް ނިންމައިގެންނެވެ.
Advertisement
މީގެ އިތުރުން 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ އައިޝަތު ސައުސަންއެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވުނު 14 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 01.23.16 އިން ރޭސް ނިންމައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ