7،500 ދަރިވަރުންނާއެކު އެސްއެސްސީ އަދި އޯ ލެވެލް އިމްތިހާން ފަށައިފި

7500 އަށްވުރެ ގިނަ ދަރުވަރުންނާއެކު މިއަހަރުގެ އެސްއެސްސީ އާއި އޯ ލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ. މި އިމްތިހާންތަކުގައި 7،501 ދަރިވަރުން ބައިވެރިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ އެސްއެސްސީ އިމްތިހާންގައި 7،133 ދަރިވަރުން ބައިވެރިވާއިރު، 7،501 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެއެވެ.
މިއީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން އޯލެވެލް އިމްތިހާން ހަދާ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ. މިދިޔަ އަހަރު އޯލެވެލް ހަދާފައިވަނީ 6،698 ދަރިވަރުންނެވެ. 
މިއަހަރުގެ އޯލެވެލް އިމްތިހާން 13 ޖޫންއާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓެރީން މައުލޫމާތުދެއެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ އެސްއެސްސީ އިމްތިހާނުގެ އިސްލާމެވެ. 
ްރާއްޖޭގެ 256 ސެންޓަރެއްގައި އިމްތިހާން ކުރިއަށް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ