މޮރޮކޯއިން ރާއްޖެއަށް ދޭ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

މޮރޮކޯ އިން ދޭ ސްކޮލަޝިޕަށް ކުރިމަތިލުމަށްހުޅުވައިލައިފިއެވެ.
ޖުމްލަ 20 ފުރުސަތަތު ހިމެނޭ "މޮރޮކޮން ސްކޮލަޝިޕް" ސްކީމްގައި ޕީއެޗްޑީ އާއި މާސްޓާސް އަދި ބެޗެލާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނދެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ސްކޮލަޝިޕްތަކަށް މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓްކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ސްކޮލަޝިޕް ސްކީމްގެ ދަށުން ކޯސް ފީ ހިލޭ ހަމަޖެހިފައިވަ ކަމަށާއި ކޯސް ދޭ ފަރާތުން ކޮންމެ މަހަކު ދަރިވަރުންނަށް 750 ދިރްހަމް (3154.84ރ.) ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ