އުމްރާއަށް ގޮސް ހުއްޓާ ނިޔާވި މީހާގެ ޖަނާޒާގެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންމިދަނީ: ޝަކީލް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި އޭޕްރިލް/ މެއި 2024 އުމްރާއަށް ގޮސް ހުއްޓާ ނިޔާވި މީހާގެ ޖަނާޒާގެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ގޮސް ހުރި، ދަފްތަރު ނަންބަރު ރސ، ފަރީދާ އާދަމް އިއްޔެ ހެނދުނުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 
އެކަމާއި ގުޅިގެން ޝަކީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރްހޫމާގެ ފަރީދާ ޖަނާޒާގެ ކަންތައް ހަމަޖެެއްސުމަށްޓަކާ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.
އަދި މިކަމުގައި އެ ކުންފުނީގެ ހީވާގި މުވައްޒަފުން ނާއި ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބޭ ހޮޓަލުގެ މުވައްޡަފުންނާއި ސަޢުދީގައި ޤާއިމް ކުރެވިފައިވާ ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަންވެސް ޝަކީލް ފާހަގަކުރެއްވިއެވެ.
‏މިދަނޑިވަޅުގައި،  މަރޫހޫމާގެ ޢާއިލާއަށް ކުރިމަތިވި މި ހިތާމައިގައި މި ދަތުރުގައި ބައިވެރިވި ހުރިހާ ޢުމްރާވެރީންގެ ނަމުގައި އަދި މޯލްޑިވްސް ޙައްޖުކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންގެ ގެ ނަމުގައި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި  ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. އަދި މައްޔިތާގެ ފާފަ ފުއްސަވައިދެއްވާ، ރަޙްމަތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ.
އެމްޑީ ޝަކީލް 
ދާދިފަހުންވެސް ރާއްޖެއިން އުމްރާ އަށް ގޮސް އުޅުނު ދިވެއްސަކު ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ