ފްރާންސްގެ ސަފީރާއި ސްޕޯޓްސް މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި ތެލެސީމިއާ ބަލި ކޮންޓްރޯލްކުރުމަކީ ސަރުކާރުގެ އަމާޒު: ހެލްތް މިނިސްޓަރު ލަގެޖު ބަރުވުމުން މާރާމާރީ ހިންގި ބިދޭސީ މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި ޕީއެސްޖީ ކަޓުވާލުމަށް ފަހު ޑޯޓްމަންޑް ފައިނަލަށ

ރާއްޖޭގައި މިދިޔަ އަހަރު އުފެއްދި ޒަކާތު ހައުސް އިން ފަލަސްތީނުގެ ރައްޔިތުންނަށް އެއްލައްކަ އެމެރިކާ ޑޮލަރުގެ އެހީ އެއް ފޮނުވުމަށް ވަނީ ނިންމާފައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހާމަކުރައްވައިފި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ޒަކާތު ހައުސް އިން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު ކަމަށެވެ. މި އެހީގެ ފައިސާ ޓްރާންސްފާ ކުރުމުގެ މުޢާމަލާތްތައް ގަތަރު ސްޓޭޓްގެ ރެޑްކްރެސެންޓާ އެކު މިހާރު ވަނީ ފެށިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
“ސިޓީބިޓީ ބަދަލު ކުރެވި، ފައިސާ ޓްރާންސްފާ ކުރުމުގެ މަރުހަލާ މިހާރު ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ އެ ކަންތައް ރަސްމީކޮށް އެ އޮންނަ މިންގަނޑުގެ ތެރެއިން، އުސޫލުތަކުގެ ތެރެއިން ކުރިއަށް ދަނީ، އިންސާނީ ކާބޯތަކެއްޗަށް، އިންސާނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އެހީއެއްގެ ގޮތުގައި،” މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ޒަކާތުގެ އިދާރާ އިން ބޭރުގެ ފަރާތަކަށް އެހީވުމުގެ ފުރަތަމަ ފިޔަވަޅެވެ. މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ރާއްޖޭގައި އަލަށް ގާއިމްކުރެވުނު ޒަކާތު ހައުސް އިން ރައްޔިތުންނަށް ލާބަ ކުރާނެ ގޮތްގޮތަށް ކަންކަން ކުރިއަށް ގެންދަނީ ކަމުގެ ހެކި މިކަމުން ދައްކުވައިދޭ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ