ކުރިއަށްއޮތް ދިރާސީ އައު އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 ގައި ކިޔެވުމަށް 4790 ދަރިވަރުން އެދިފައިވާކަމަށް ތަޢުލީމީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކެޝަނުން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 އަށް ވަނުމަށް 4،790 ފޯމް ވަނީ ލިބިފައެވެ. އެގޮތުން އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު 1 އަށް 3042 ދަރިވަރުން ވަނުމަށް އެދިފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1748 ދަރިވަރުންވަނީ އެދިފައެވެ.
މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުކޮށްދީފައިވާކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީ، އިތުރު ސްކޫލްތައް ހުޅުވުމުގެ މަސައްކަތް ވެސް ސަރުކާރުންދަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ދިރާސީ އަހަރު ފެށޭއިރު ޝަހީދު ޢަލީ ސްކޫލް ގައި ކިޔަވައިދިނުމަށް ތައްޔާރުވަމުންދާއިރު، ހަމަ އެކަނި އެ ސްކޫލަށް ވަނުމަށް އެދި މިހާތަނަށް 1900 އެއްހާ ފޯމް ލިބިފައިވާކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
ފެށޭ ދިރާސީ އަހަރު ގްރޭޑް އެކެއްގައި 4،790 ދަރިވަރުން ކިޔަވާނެ: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ