އެންޑްރޮއިޑް 17 އަށް ބިނާކުރާ "ވަން ޔޫއައި 9" ޓެސްޓްކުރަން ފަށައިފި
ސެމްސަންގް ކުންފުނީގެ ކުރިއަށް އޮތް ބޮޑު ސޮފްޓްވެއާ އަޕްޑޭޓް ކަމަށްވާ "ވަން ޔޫއައި 9"ގެ އެތެރޭގެ ޓެސްޓްތައް ގެލެކްސީ އެސް25 ސީރީޒްގެ ފޯނުތަކުގައި ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެންޑްރޮއިޑް 17 އަށް ބިނާކޮށް ނެރޭ މި އަޕްޑޭޓްގެ ޓެސްޓްތައް ސެމްސަންގުން ފަށާފައި ވަނީ އެ ކުންފުނިން އެންޑްރޮއިޑް 16 އަށް ބިނާކޮށް އެންމެ ފަހުން ނެރުނު "ވަން ޔޫއައި 8.5" ގެ އަޕްޑޭޓް، ބައެއް ބާވަތްތަކުގެ ފޯނުތަކަށް ދޫކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އާންމުކޮށް މިފަދަ އަޕްޑޭޓްތައް ޓެސްޓްކުރަން ފަށާ ތާރީޚަށް ވުރެ ދެ ހަފްތާ ވަރު ކުރިން ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ބުނެއެވެ. https://x.com/tarunvats33/status/2062750543077060755/history މި ސޮފްޓްވެއާގެ ފުރަތަމަ އިންޓާނަލް ޓެސްޓް ބިލްޑް މިހާރު ފެނިފައިވީ ނަމަވެސް، އޭގެ ސީދާ ވާޝަން ނަންބަރު އަދި ކަށަވަރުވެފައެއް ނުވެއެވެ. ސެމްސަންގުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނީގެ އެންމެ ފަހުގެ ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކަށް "ވަން ޔޫއައި 9" ގެ ބީޓާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. އެހެންކަމުން މިހާރު ބާޒާރުގައި ހުރި އެސް25 ސީރީޒްގެ ފޯނުތަކަށް މި އަޕްޑޭޓް ޓެސްޓްކުރަން ފެށުމަކީ ކުރިއަށް އޮތް މަސްތަކުގައި އެ ފޯނުތަކަށް ވެސް ބީޓާ އަޕްޑޭޓް ލިބޭނެ ކަމުގެ ނިޝާނެކެވެ. https://sun.mv/222365 އަލަށް ނެރޭ "ވަން ޔޫއައި 9" ސޮފްޓްވެއާގައި ސެމްސަންގް ނޯޓްސް އެޕްލިކޭޝަނަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ. އޭގެ ތެރޭގައި ޑެކަރޭޓިވް ޓޭޕްތަކާއި އާ ގަލަމުގެ ސްޓައިލްތައް ހިމެނެއެވެ. މީގެ އިތުރުން ކޮންޓެކްޓްސް އެޕް މެދުވެރިކޮށް "ކްރިއޭޓިވް ސްޓޫޑިއޯ" އަށް ސީދާ ވަދެވޭނެ ގޮތް ހެދުމާއި، ފޯނުގެ "ކުއިކް ޕެނަލް" އަށް ބޮޑެތި ބަދަލުތަކެއް ގެނައުން ވެސް މި އަޕްޑޭޓްގައި ހިމެނެއެވެ. މި އަޕްޑޭޓްގައި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ އާ ފީޗާތަކެއް ވެސް ތައާރަފްކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މައުސް ކީގެ ސްޕީޑް ބޭނުންގޮތަކަށް ބަދަލުކުރެވޭ ގޮތް ހެދުމާއި، އާ "ޓޯކްބެކް" ޕެކޭޖެއް ހިމެނުމުގެ އިތުރުން، ލިޔުންތައް ބޮޑުކޮށް ސާފުކޮށް ވަކި ވިންޑޯއެއްގައި ދައްކައިދޭ "ޓެކްސްޓް ސްޕޮޓްލައިޓް" ފީޗާ ހިމެނެއެވެ. މީގެ އިތުރުން ވެސް ފޯނުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އާ ރައްކާތެރިކަމުގެ ފީޗާތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ބިނާކުރާ ފަންކްޝަންތައް ވެސް މި އަޕްޑޭޓާއެކު ތައާރަފްވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ