މިދިޔަ ސަރުކާރުގެ ތިން މިނިސްޓަރެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް، ޗިޓު ފޮނުވާފައިވަނީ އަންނަ މަހު އެމްޑީޕީއިން ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް އެ ޕާޓީއިން ބުނެފި އެވެ.
ވީ ކިިހިނެއް؟ - އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިޔާނާތުގެ ތުހުމަތުކޮށް، އެ ކޮމިޝަނަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ:
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ކުރީގެ ފިނޭންސް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް އަމީރަށް
ތަފްސީލް - އެމްޑީޕީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި ބޭފުޅުންގެ މައްޗަށް ތުހުމަތެއްކޮށް، ޗިޓު ފޮނުވާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމެއްގަ އެވެ. އެއާއެކު ބަޔާނުގައި ވަނީ، ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވައިދީފަ އެވެ.
އޭގައި ބުނިގޮތުގައި:
ހިޔާނާތުގެ ތުހުމަތު ކުރަނީ، އޭރު އެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ދީފައިވާ ލަފައަކާ ގުޅޭ މައްސަލައެއްގައި
އެއީ އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލްކޮށްފައިވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދައުވާތަކެއްގެ މައްސަަލައެއް
ޕީޕީއެމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ ގާނޫނީ ހަމައެއް އޮވެގެން ނޫންކަމަށާއި އެކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނި
އިތުރަށް އެ ބަޔާނުގައި ބުނީ:
ނުހައްގުން އަދި ގާނޫނާ ހިލާފަށް އެއްބަސްވުންތައް ބާތިލްކުރި މައްސަލަތަކުގައި ހައްލު ހޯދައިދިނުމަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ސްވިފްޓް އިންޖިނިއަރިން އިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނި ވަކިކުރި ހަ ޕްރޮޖެކްޓެއްގެ ތެރެއިން ހަތަރު ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް ހަވާލުކޮށްފި ނަމަ، އަނެއް ދެ ޕްރޮޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެ ކަމަށް އެއްބަސްވުމަށް ކަމަށް
ތިން މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީން މި ގޮތަށް މައްސަލަ ނިންމީ، މިއީ ދައުލަތަށް އެންމެ ހަރަދު ކުޑަވާނެ ގޮތް ކަމަށް ދެކިގެން ކަމަށް
އަދި އެކަމާ، ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަދި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ބުނި
އެމްޑީޕީއިން ބުނީ މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި "މިހާ ސާފުކޮށް ފެންނަން އޮތް" ކަމެއްގައި، ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމަށް ޗިޓު ފޮނުވަނީ އަންނަ މަހު 17ގައި އެ ޕާޓީން ބޭއްވުމަށް ރާވާފައިވާ ބޮޑު އެއްވުމަށް ހުރަސް އެޅުމަށް ކަމަށް ވެސް ބުންޏެވެ.
އެމްޑީޕީގެ މިނިސްޓަރުންނަށް ހިޔާނާތުގެ ތުހުމަތުކުރުން: 'ބޭނުމަކީ ބޮޑު އެއްވުމަށް ހުރަސް އެޅުން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ