183 މިލިއަނަށް ވުރެ ގިނަ ޖީމެއިލް އެކައުންޓުގެ ޕާސްވޯޑު ލީކުވެއްޖެ 183 މިލިއަނަށް ވުރެ ގިނަ ޖީމެއިލް އެކައުންޓުގެ ޕާސްވޯޑު ލީކުވެއްޖެ

ޖުމުލަ 183 މިލިއަން އަށް ވުރެ ގިނަ އަދަދެއްގެ އީމެއިލް ލޮގިންތަކާއި ޕާސްވޯޑުތަކުގެ ބޮޑު ޑޭޓާބޭސްއެެއް ލީކުވެެއްޖެ އެވެ.
މި މައްސަލައާ ގުޅިގެން, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖީމެއިލް ބޭނުންކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް, ގޫގުލްއިން ވަނީ އެކަން ދޮގުކޮށް، އެ ކުންފުނީގެ ސިސްޓަމްތައް ރައްކާތެރިކޮށްފައިވާ ކަމަށާއި، އަލަށް އެއްވެސް ބްރީޗެއް ނުވާކަން ކަށަވަރުކޮށްދީފަ އެވެ.
ޓެކް ދާއިރާގެ މާހިރުން ބުނާ ގޮތުގައި ލީކުވި ޑޭޓާތައް ލީކުވެފައިވަނީ ގޫގުލްގެ ސާވާތަކަކުން ނޫނެވެ. އެއީ ކުރީގެ ބްރީޗްތްކުން ލިބިފައިވާ މައުލޫމާތުތަކެއް ކަމަށްވެ އެވެ. މިފަދަ ކަންކަން ކުރާ ސައިބާ ކްރިމިނަލުން ގިނައިން ކުރާ ކަމަކީ އެކި ވެބްސައިޓްތަކުން ވަގަށް ނަގާފައިވާ ޕާސްވޯޑްތައް ބޭނުންކޮށްގެން ބޮޑެތި ޑޭޓާބޭސްތައް އެކުލަވާލުމެވެ. އެ ޑޭޓާބޭސްތައް ފަހުން އޮންލައިންކޮށް އަލުން ފެންނަން ފަށަ އެވެ.
ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް ވަނީ ޕާސްވޯޑް ބަދަލުކުރުމަށާއި، ވެރިފިކޭޝަން (ޓޫ-ސްޓެޕް ވެރިފިކޭޝަން) ހެދުމަށާއި، ކޮންމެ އެކައުންޓަކަށް ވެސް ތަފާތު ޕާސްވޯޑެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފަ އެވެ. ސައިބާ ސެކިއުރިޓީ ދާއިރާގެ މާހިރުން އިތުރަށް ބުނެފައިވަނީ، އިތުބާރު ހިފޭ ވެބްސައިޓެއް ކަމަށްވާ (haveibeenpwned.com) މެދުވެރިކޮށް, އީމެއިލް އެއްވެސް ޑޭޓާ ލީކެއްގައި ހިމެނޭތޯ ބެލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ