ވިނަރެސް ފްލެޓް އިމާރާތަކުން ނިޔާވި ޝިއާން ޙަބީބުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ވިނަރެސް ފްލެޓް އިމާރާތަކުން މިއަދު ވެއްޓި ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައި، މަރްޙޫމް ޝިއާން ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި، މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި ޝިއާން ޙަބީބަކީ އުމުރުން އެންމެ 18 އަހަރުގެ ޒުވާނެކެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ