ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް، ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި މި އޮގަސްޓު މަހުގެ ތެރޭގައި މިފްކޯއިން ފުވައްމުލަށް ސިޓީ އިން މަސް ގަންނަން ފަށާނެ ކަނޑުގެ މައްސަލައިގައި ސިޓީ ނުފޮނުވި ނަމަ، ކަނޑުގެ މައްސަލައިގައި ކުރިއަށްދެވޭނެ: ހަލީލް ފ. ނިލ

ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ފާސްކޮށްފައިވާ އިސްލާހްތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމަ އަށް ގަބޫލުފުޅު ކުރައްވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމަށް ބަދަލުގެނައުމަށް ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހްތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަ މުހިންމު 4 ބަދަލެއްގެ ވާހަކަ ވަރަށް ތަފްސީލްކޮށް ދެއްވަމުން ރައީސް ވިދާޅުވީ އެ އިސްލާހްތަކަކީ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިސްލާހްތަަކެއް ކަމަށް 50 އަށް ވުރެ ގިނަ ކައުންސިލާއި، އިދިކޮޅު އެމްޑީޕީން ދެކެމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރި ކުރުމާ ގުޅޭ ގޮތުން އިޞްލާޙް ގެނައީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ޙިމާޔަތްކުރުމަށް ކަމަށެވެ. ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ނަގަމުންދާ ކުއްޔަށް ބަދަލުގެނައީ، ކުލި ނެގީމާ ރައްޔިތުންނަށް ދޭ ހިދުމަތް އަގު ބޮޑުވެގެންދާތީ ކަމަށެވެ.
ރައީސް ވިދާޅުވީ، އާމްދަނީ ހޯދަން ކަންކަން ކުރާއިރު އެ ވިޔަފާރިން ލިބޭ ފައިދާ އިން ޓެކްސް ދައްކަން ޤާނޫނުން ލާޒިމްކުރާ އިރުވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ނުދައްކާ ކަމަށެވެ. އެހެންކަމުން ގެންނަ އިޞްލާޙުގެ ސަބަބުން ޓެކްސްދައްކަން ކައުންސިލްތަކަށް ލާޒިމްވާނެ ކަމަށެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުން ބާރުވެރި ކުރުވަން ކަމަށާއި، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭން ކަމަށެވެ. ހަތަރުވަނަ އިސްލާހަކީ ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މަޢުލޫމާތު ހާމަނުކުރާތީ ގެނައި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން އެކައުންޓަށް ޖަމާކުރާ ފައިސާގެ މަޢުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ