ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެފުރުސަތު ހުޅުވާލާފައިވަނީ ސީއެސްސީގެ ނައިބް ރައީސް ކަމުގެ މަޤާމުން ޖަމީލާ އަލީ ހާލިދު ވަކިވެ، އެކަމަނާ ދިވެހިރާއްޖެ އިން ޖަރުމަނަށް ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށް އައްޔަން ކުރެވުމާއި ގުޅިގެން، އެމަޤާމް ހުސްވެފައި ވާތީއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 22 ޖެނުއަރީ 2017 އިން ފެށިގެން 2 ފެބްރުއަރީ 2017 ގެ ނިޔަލަށް ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަދި ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤުރާރު ދޫކުރުމާއި، ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖެނުއަރީ 2017 އާއި 2 ފެބްރުއަރީ 2017 އާއި ދެމެދު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ