ގޭގައި ފަރިތަކުރަމުންދަނިކޮށް ލިބުނު އަނިޔާއަކާ ހެދި ވުޑްސް އޮޕަރޭޝަނެއް ކޮށްފި ގޭގައި ފަރިތަކުރަމުންދަނިކޮށް ލިބުނު އަނިޔާއަކާ ހެދި ވުޑްސް އޮޕަރޭޝަނެއް ކޮށްފި

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 12) - ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާން އަމިއްލަ ގޭގައި ފަރިތަކުރުންތަކެއް ކުރިއަށްގެންދަނިކޮށް ލިބުނު އަނިޔާއަކާ ހެދި މަޝްހޫރު ގޯލްފް ލެޖެންޑް، ޓައިގާ ވުޑްސް އޮޕަރޭޝަނެއް ކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ކުރިއަށްދިޔަ ޕީޖީއޭ ޓުއާ އިވެންޓްތަކަށް ފަހު، ވުޑްސް އަށް އެކި ސަބަބުތަކާ ހުރެ، ޕީޖީއޭ އިވެންޓްތަކުގައި ނުކުޅެވެ އެވެ. އެ ގޮތުން، ސެޕްޓެމްބަރު މަހުގެ ތެރޭ ވުޑްސް ވަނީ، 10 އަހަރު ތެރޭ ހަ ވަނަ ފަހަރަށް އުނަގަނޑުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.
ވުޑްސް މަސައްކަތް ކުރަމުން އައީ، އޭޕްރީލް 10 ވަނަ ދުވަހު ފަށާ މާސްޓާސް މުބާރާތުގައި ވާދަކުރުމަށެެވެ.
އެ މުބާރާތަށް ތައްޔާރުވާން އަމިއްލަ ގޭގައި ކުރިއަށްގެންދިޔަ ޓްރެއިނިންއެއްގެ ތެެރެއިން އަނިޔާވީ ވުޑްސް، 49، ގެ ފުންނާބުގެ ކަށިގަނޑަށެވެ. އެ އަނިޔާއިން ރަނގަޅުވާން، ވުޑްސް ވަނީ އޮޕަރޭޝަނެއްކޮށްފަ އެވެ.
ވުޑްސް ބުނީ، ޓްރެއިނިން ގެންދަން ފެށިތަނާހެން އޭނާގެ ފުންނާބު ކަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާވެގެން ޓެސްޓްތަކެއް ހެދުމުން އެނގުނީ އޮޕަރޭޝަނެއް ނުކޮށް ކުރިއަށް ނުދެވޭނެކަން ކަމަށެެވެ. އެހެންވެ، އަވަހަށް ކުޅުމަށް އެނބުރި އައުމުގެ ވިސްނުން ހުރުމާ އެކު، އޮޕަރޭޝަން ކުރީ ކަމަށް ވުޑްސް ވަނީ ބުނެފަ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހު އޮތް ޖެނެސިސް އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރަން ވުޑްސް ނިންމި އެވެ. އެކަމަކު، ވުޑްސްގެ މަންމަ ކުލްޓިޑާގެ ކުއްލި މަރާ އެކު، އޭނާ ޖެނެސިސް މުބާރާތުގައި ވާދަނުކުރަން ނިންމީ އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ