7 އަހަރު ފަހުން ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި!

ހަތް އަހަރުފަހުން ޕާކިސްތާނުގެ އަސްކަރީ އުޅަނދެއް މާލެއަށް މިއަދު ބަނދަރުކޮށްފިއެވެ.  
ޕާކިސްތާނުގެ އަސްކަރީ އުޅަނދު "އަސްލަޓް" މާލޭގައި ހަތަރު ދުވަހުގެ މުއްދަތައް އޮންނާނެ ކަމަށް އެގައުމުގެ އެމްބަސީން މައުލޫމާތު ދެއެވެ. 
މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އަސްކަރީ ވަރުގަދަ ގުޅުމުގެ ތެރެއިން ކުރެވޭ ޒިޔާރަތެއް ކަމަށާ، މި ޒިޔާރަތުގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ، އިޤްތިޞާދީ، އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް އެގައުމުން ބުނެއެވެ. 
Advertisement
‘އަސްލަޓް’ އަކީ ޕާކިސްތާނުގެ ކަރާޗީ ޝިޕްޔާޑް އެންޑް އިންޖިނިއަރިންގ ވަރކްސްގައި އުފައްދާފައިވާ ސްވޯޑް ކްލާސް ފްރިގޭޓްގެ ހަތަރުވަނަ އުޅަނދެވެ. މި އުޅަނދު ރަސްމީކޮށް ބޭނުންކުރަން ފެށީ 16 ޖޫން 2011 ގައި ތަޢާރަފުކޮށްފައެވެ.
އަސްލަޓް މާލެ ބަނދަރަށް އެތެރެވުމާއެކު، އެމްއެންޑީއެފްގެ ފަރާތުން މި އުޅަނދަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެ އުޅަނދު މާލޭގައި އޮންނަ މުއްދަތުގައި، އުޅަނދުގެ ކެޕްޓަން މުޙައްމަދު އަޒްހަރު އަކްރަމް، އެމްއެންޑީއެފްގެ އިސް އޮފިސަރުންނާ ބައްދަލުކުރާނެ ކަމަށް އެގައުމުން މައުލޫމާތު ދެއެވެ. އަދި ޕާކިސްތާނު ނޭވީއާއި އެމްއެންޑީއެފްއާ ދެމެދު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 
މި އުޅަނދުގައި ޕާކިސްތާނުން ރާއްޖެ އެތެރެކުރާ 15 ބާވަތެއްގެ އަސްކަރީ ހަތިޔާރުވެސް ވަނީ ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ