މުސާރަ ބޮޑުކުރަން ޑިމާންޑްކުރާތީ ޔުނައިޓެޑުން މައިނޫ ވިއްކާލަނީ މުސާރަ ބޮޑުކުރަން ޑިމާންޑްކުރާތީ ޔުނައިޓެޑުން މައިނޫ ވިއްކާލަނީ

މެންޗެސްޓާ (މާޗް 11) - ކޮންޓްރެކްޓް އާ ކުރަން ކުރެވޭ މަޝްވަރާތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރު، ކޯބީ މައިނޫ، މުސާރަ ބޮޑުކުރަން ޑިމާންޑްކުރާތީ އޭނާ ވިއްކާލަން ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މައިނޫ، 19، ޔުނައިޓެޑް ޓީމުގައި ވިދާލީ މިިދިޔަ ސީޒަނުގަ އެވެ.
ޔުނައިޓެޑްގެ އެކަޑަމީން ކުރިއަރަމުން އައި މައިނޫ އަށް ޔުނައިޓެޑް ސީނިއާ ޓީމުން ދިން ފުރުސަތުތަކުގެ ބޭނުންހިފައި، ތަފާތު ކުޅުމެއް ދެއްކުމުން، މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުން ވެސް ފުރުސަތު ލިބިގެންދިޔަ އެެވެ.
މި ސީޒަނުގައި އެންމެ ރަނގަޅު ލެވަލްގެ ކުޅުން ދެމެހެއްޓުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ މައިނޫ، ޔުނައިޓެޑާ އެކު، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ސޮއިކުރި އެއްބަސްވުން އޮތީ ހަފްތާ އަކު، 20،000 ޕައުންޑް ލިބޭ ގޮތަށެވެ. އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އޮތީ ދެ އަހަރެވެ. އެހެންވެ، ޔުނައިޓެޑުން އަންނަނީ މައިނޫއާ އެކު، އާ އެއްބަސްވުމެއް ހަަދަން މަޝްވަރާ ކުރަމުންނެވެ.
އެ ގޮތުން، ޔުނައިޓެޑުން މައިނޫ އަށް ހުށަހަޅަން ނިންމާފައި އޮތީ ހަފްތާ އަކު، 80،000-110،000 ޕައުންޑް ލިބޭ ކޮންޓްރެކްޓެކެވެ. އެކަމަކު، މައިނޫގެ ފަރާތުން އެދިފައިވަނީ، ހަފްތާ އަކު، 150،000 ޕައުންޑް ލިބޭ ޕްރޮޕޯސަލެކެވެ. އަދި، އޭގައިވާ މާއްދާއެއްގައިވާ ގޮތުން، ޔުނައިިޓެޑުން ޗެމްޕިއަންސް ލީގުގައި ވާދަކުރާނަަމަ، ހަފްތާ އަކު އިތުރު، 30،000 ޕައުންޑް ލިބޭ ގޮތަށެވެ.
އެކަމަކު، މައިނޫގެ މި ހުށަހެޅުމާ އެއްގޮތަށް ޑީލް ނިންމަން ޔުނައިޓެޑުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
މި ހުރިހާ ކަމަކަށް ބަަލައި، ޔުނައިޓެޑުން މައިނޫ ވިއްކާލުމުގެ ފުރުސަތު އަންނަނީ ބޮޑުވަމުންނެވެ. އެ ގޮތުން، މައިނޫ ގަންނަން ރޭހުގައި އުޅޭ އެއް ކްލަބަކީ ޗެލްސީ އެެވެ. އެއީ، ޗެލްސީން އަންނަނީ ރޮމެއޯ ލަވިއާ އާއި ކިއެރަން ޑިއުސްބަރީ-ހޯލް ވިއްކާލުމަށް ފަހު، އާ މިޑްފީލްޑަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ