ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވޭ: ސްޓެލްކޯ

ކޮންމެ ދުވަހެއްގެ ހަލަބޮލި ދިރިއުޅުމުގައި ހުއްޓުމެއްނެތި އުޅެމުންގެދާއިރު މޫސުމަށް ބޯލެނބުންނޫ ގޮތެއްނޯވެއެ. ދުނިޔޭގެ ފިނިހޫނު މިނައް  އަންނަ ބަދަލުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އަންނަބަދަލު މަދެއް ނޫނެވެ. މި ބަދަލުތަކުގެ ތެރެއިންވެސް އެ ކަމެއްގެ ސަބަބުން އެންމެ އުނދަގޫ ވާކަމަކީ ހޫނުވުމޭ ބުނުން ގޯހެއްނުވާނެއެވެ.
ދުނިޔޭގެ މޫސުމާބެހޭ އިދާރާތަކުން ކޮންމެ އަހަރަކުވެސް އެކިއެކި ގައުމުތަކުގެ މޫސުމާބެހޭ ގިނަ ރިޕޯޓްތައް އާންމު ކުރަމުން ގެންދެއެވެ. އެގޮތުން އޭޕްރީލް އަދި މޭ މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ މަސްތައް ކަމުގައި ލަފާކޮއްފައިވެއެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑަށް ލޯޑް ބޮޑުވަނީ ކަރަންޓްގެ ހިދުމަތްދޭ ފަރާތްތަކަށެވެ.
ސްޓެލްކޯއިން ހާމަކުރާ ގޮތުގައި މިދުވަސްވަރު ކަރަންޓުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުން ކަރަންޓު ބޭނުންކުރާ ރޭޓް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ މިދުވަސްވަރު ރަމަޟާންމަހާ ދިމާވުން މި ރޭޓްވަނީ އެތައް ތަނެއް މަތިވެފައެވެ.
ސްޓެލްކޯގެ ފަރާތުން އިތުރަށް ވިދާޅުވީ މިދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ކަރަންޓު އުފަދަންޖެހޭ މިމްވަރުވެސް ވަނީ އެތައް ގުނައެއް އިތުރު ވެފައެވެ.ސްޓެލްކޯއިން ނެރެފައިވާ ބަޔާނުގައިވަނީ އާމުންނައް ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމައްށާއި ވީހާވެސް ބޮޑަކަށް ކަރަންޓު އިގްތިސާދު ކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ